ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު
ސުވަދީބުގެ ދުވަސްވަރު ނާސިރުގެ ސަރުކާރުން ތިނަދޫ ފަޅުކުރުމުން ރާއްޖޭގެ އިގްތިސާދު ކޮވިޑަށްވުރެ ދަށަށް ދިޔަ ކަމަށް ރައްޔިންތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ގއ. އަތޮޅު ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލް އަދި ރަށު ކައުންސިލްތައް ގުޅިގެން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރުކާރުން ތިނަދުއަށް އަރާ، އެރަށް ފަޅުކުރުމުން ޖެހިގެން އައި އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. "ހުވަދު އަތޮޅަށް ނުވަތަ ތިނަދުއަށް، މާލޭގެ ސަރުކާރުން އަރާ ތިނަދޫ ފަޅުކުރުމަށްފަހު، ދެން ވިދިގެން އައި އަނެއް އަހަރު ރާއްޖޭގެ ގައުމީ...