ގއ. އަތޮޅުގެ އެންމެ ބިން ބޮޑު، ޖާގަ ތަނަވަސް ރަށަކީ ކޮނޑޭއެވެ. އެ ރަށުގެ ބިމުގެ ބޮޑު މިނަކީ 116 ހެކްޓަރެވެ. ނިސްބަތުން ބަލާނަމަ އެއީ ގައުމީ ފުޓްބޯޅަ ދަނޑުގެ 105 ސްޓޭޑިއަމް އެޅޭ ޖާގައިގެ ބިމެކެވެ.
ބިމާއި އާބާދީގެ މައުލޫމާތު:
- ކޮނޑޭގެ ބިމުގެ ޖާގަ 116 ހެކްޓަރު، އާބާދީ 507
- ވިލިނގިލި ބިމުގެ ޖާގަ 57، އާބާދީ 3،254
- އަތޮޅުގެ އެންމެ ބިން ކުޑަ ރަށަކީ ދާންދޫ. އެއީ 18 ހެކްޓަރު
އެއް ފަރެއްގެ މަތީގައި ހަތަރު ފަޅުރަށާއެކު އޮތް، ކޮނޑޭއަކީ ގއ. އަތޮޅުގައި ވެސް އެންމެ މީހުން މަދު ރަށެވެ. ދެހާސްސާދަ ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 258 އެވެ. އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އާބާދީއަކީ 507 އެވެ. ކޮނޑޭއަށް ނިސްބަތްވާ އެ ރަށުގެ ރަށްވެހީންގެ ތެރެއިން 249 މީހުން ދިރިއުޅެނީ ރަށުން ބޭރުގަ އެވެ. މާލޭގަ އެވެ. ވަޒީފާ އާއި އެހެނިހެން ބޭނުންތަކަށް އަމިއްލަ ވަޒަން ދޫކޮށް، އެ މީހުން ވަނީ އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ. އެ ރަށުގައި ތައުލީމު ދެވޭނެ ގޮތެއް ނެތެވެ. އެދުރުގެއިން ފުއްދާލެވެން ނެތުމުން، ދަރިންގެ މުސްތަގުބަލައްޓަކާ އެ ރަށް ދޫކޮށް، އެތައް އާއިލާއެއް ވަނީ ހިޖުރަކޮށްފައެވެ.
އަތޮޅުގެ ބިން ކުޑަ ރަށްތަކުގައި ހާހުން މީހުން ދިރިއުޅެމުންދާއިރު، ތަރަައްގީން ބާކީކޮށްލާފައިވާ ކޮނޑޭގެ ބިމުގެ މުއްސަނދިކަން ހަނދާން ނެތްފަދައެވެ.
ގއ. އަތޮޅުގެ އެންމެ އެންމެ ބިން ކުޑަ ރަށަކީ ދާންދޫއެވެ. އެއީ އެންމެ 18 ހެކްޓެރެވެ. އެކަމަކު އެ ރަށުގައި 1،009 މީހުން ދިރިއުޅެއެވެ. ދާންދޫގެ ރަޖިސްޓްރީގައި އެކަނިވެސް 1،859 މީހުން އެބަތިއްބެވެ.
ގއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ވިލިނގިއްޔެވެ. އެ ރަށުގައި 2،489 މީހުން އުޅެއެވެ. ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަކީ 3،254 އެވެ.
vilingili meehuna thiya rashun goathi dheyn veenu. dhenves aabaadhy gina furifai oy rah thakugai fithigen nuthibe
email jahan jehumun meehun coment nukuraane. mihaaru news huri gotha hadhaa. fethurilaaaa