28 ޖެނުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހުވަދު އަތޮޅުގެ އެއާޕޯޓުގެ އަދަދު ތިނަކަށް!

ހުވަދު އަތޮޅުގެ އެއާޕޯޓުގެ އަދަދު ތިނަކަށް!

ގއ. މާވަރުލު އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ތިން ވަނަ އެއާޕޯޓް އެޅުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ.

ހުވަދު އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް ވަނީ ތަރައްގީކޮށްފައެވެ. އެއީ ރައީސް މައުމޫންގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓާއި ރައީސް ވަހީދުގެ ސަރުކާރުގައި ހުޅުވާފައިވާ ގއ. ކުއްޑޫ އެއާޕޯޓެވެ. އިދާރީ ގޮތުން ދެ އަތޮޅަކަށް ބަހާފައިވާ މި އަތޮޅުގައި އަނެއްކާވެސް އިތުރު އެއާޕޯޓެއް އަޅަން ބަޖެޓްކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ދެހާސްއަށާރަ ވަނަ އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ހުވަދު އަތޮޅުގެ ތިން ވަނަ އެއާޕޯޓް އަޅަނީ ގދ. މާވަރުލުގައެވެ. ދަނޑުވެރިކަމަށް ބިން މޮޅު ރަށެއް ކަމަށްވާ، މާވަރުލުގައި އެއާޕޯޓް އެޅުމަށް 53.9 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ޖާހާފައެވެ.

މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމުން، ގދ. އާއި ގއ.ގެ ގިނަ ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. އެ އެއާޕޯޓާ ގުޅިގެން މާލެއަށް ދަތުރުކުރުމުގައި އެންމެ ބޮޑު ފަސޭހައެއް ލިބިގެންދާނީ ގދ. ގައްދޫ އާއި ގއ. ކަނޑުހުޅުދޫ އާއި ގއ. ގެމަނަފުށީގެ ރައްޔިތުންނަށެވެ.

މާވަރުލުގައި އެއާޕޯޓު އަޅަން ބަޖެޓްކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާގައި ވެސް އެއާޕޯޓު އަޅަން މިއަހަރު ބަޔަކާ ހަވާލުކޮށްފައިވަނިކޮށެވެ. ނަމަވެސް ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ސަބަބަކީ މާވަރުލުގައި އެއާޕޯޓު އެޅުމުން ދެ އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަވާނެތީއެވެ.

ކޮމެންޓުތައް 1

  1. Mohamed Gasam says:

    Kooddoo Airport akee Raees Nasheed Alhuvvadhevvi Airport eh Baagee Waheedhu Riban fah kedivaahaka genesfa Raees Nasheed ge Kurevvi Masakkathuge Vaahaka faahaga nukurumun Varah Dhera

    Reply

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com