”3 އޮން 3 ފުޓްސަލް ޗެލެންޖް 2017“ ގެ ފައިނަލް މެޗުގައި އެފްސީ ހަބޭސްއާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުން ޗެމްޕިއަންކަން އެފްސީ ވޯންޓެޑް ހޯދައިފިއެވެ.
ގއ.ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށްދިޔަ މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކީ އެންމެ ގިނަ ގޯލް ޖެހި އެފްސީ ވޯންޓެޑެ ގެ އަޙްމަދު މުފީދު(އޮއިޓޭ) އެވެ.
”3 އޮން 3 ފުޓްސަލް ޗެލެންޖް 2017“ އަކީ ވިލިނގިލީ ޒުވާނުން އިސްނަގައިގެން ޒުވާނުންގެ މަރުކަޒާއި ގުޅިގެން ކުރިޔަށްދިޔަ 1 ދުވަހުގެ މުބާރާތެކެވެ.
މި މުބާރަތުގެ ޗެމްޕިއަން ޓީމަކަށް ވިލިނގިލީ ކައުންސިލް އިދާރާއިން ވަނީ 2،000ރުފިޔާ ގެ ފާއިސާގެ އިނާމް ހުށައަޅާފައެވެ.