19 އޭޕްރިލް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ވަކިކުރާނެ ކަމުގެ ލިޔުމަށް ފަހު، 2 ޓީޗަރުންނަށް 30 ދުވަހުގެ ސަސްޕެންޝަންއެއް!

ވަކިކުރާނެ ކަމުގެ ލިޔުމަށް ފަހު، 2 ޓީޗަރުންނަށް 30 ދުވަހުގެ ސަސްޕެންޝަންއެއް!

ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ-- ފޮޓޯ: ފޭސްބުކް ޕޭޖް/ގއ.އތމ

ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ ލިޔުމަށް ފަހު، މުސާރަ ލިބޭގޮތަށް މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރަމުންއައި ޛުލްފީނާ އަޙްމަދު އަދި ހިދާޔަތުއަށް އިއްޔެ އެޑުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީ(ޕީއެސް) މުހައްމަދު ސައީދު ސޮއި ކުރައްވާ ފޮނުވި ލިޔުމުގައި ބުނެފައިވަނީ 8 ޖެނުއަރީ އިން 8 ފެބްރުއަރީ އަށް މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް ސަސްޕެންޑް ކުރެވިފައިވާކަމަށެވެ. އެގޮތަށް ނިންމީ ދިވެހި ސިވިލްސާރވިސް ޤާނޫނާއި އަދި އެކޮމިޝަންގެ ސާކުލާއެއްގެ ދަށުން ޕީއެސްއަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް އެލިޔުމުގައި ބަޔާން ކޮށްފައިވެއެވެ.

ޛުލިފީނާ އަކީ ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުޙައްމަދުގެ އަންހެނުނެވެ. ހިދާޔަތްއަކީ ކުރީ ވިލިނގިލީ ކައުންސިލް މެމްބަރ ފަތުހީ މޫސާގެ އަންހެނުނެވެ.

ޛުލްފީނާއާއި ހަވާލާދީ މުސްތަފާ މުހައްމަދު ”ހުވަދޫ“އަށް ވިދާޅުވީ މިކަހަލަ ފިޔަވަޅެއް އެޅިދާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި މިއީ ސިޔާސީ ގޮތުން ވަކި މަޤުސަދެއް ހާސިލްކުރުމަށް ”ހިންގައިފާއިވާ ޖަރީމާއެއް“ ކަމަށް ދެކޭކަމަށެވެ.

ހިދާޔަތްއާއި ހަވާލާދީ ފަތުހީ މޫސާ، ”ހުވަދޫ“އަށް ވިދާޅުވީ ހިދާޔަތުގެ އެއްވެސް ކުށެއް ނެތްކަމަށާއި އަދި ކުށެއް ނެތި މިކަހަލަ ފިޔަވަޅެއް އެޅުމަކީ ”އަނިޔާވެރިވުން“ ކަމަށެވެ.

ވަޒީފާއިން ވަކިކުރިކަމަށް ބުނެ 29 ނޮވެމްބަރ ގައި 2 ޓީޗަރުނަށް ފޮނުވި ލިޔުމުގައިވާ މައިގަޑު ސަބަބުތައް:

  • ސްކޫލުން ކުރާ ކަންތައްތަކުގައި އެއްބާރުލުން ނުދިނުން
  • ސްކޫލުގެ ތެރޭގައި ސިޔާސީ ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށްފައިވޭ
  • ސްކޫލާއި މުވައްޒަފުން މެދުގައި މަސްލަހަތު ގެއްލޭގޮތައް ވާހަކަދެއްކުން
  • ސްކޫލް އަގުވެއްޓޭގޮތަށް ތަފާތު ވާހަކަތައް ސްކޫލުން ބޭރުގައި ދެއްކުން

މި 2 ޓީޗަރުންނަކީ ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި15-18 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޙިދުމަތް ކުރައްވާފައިވާ 2 ޓީޗަރުންނެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com