ހުވަދު އަތޮޅު ތިނަދޫ، ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު(7)، ތިނަދޫ ކައުންސިލް އިދާރާއިންކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު 11:30ގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރުމަށް ކައުންސިލް އިދާރާއަށް ވަޑައިގެންނެވުމަށެވެ. އަދި ޕްރޮޕޯސަލް މި މަހުގެ 25 ވާ، ބުރާސްފަތި ދުވަހު 11:30އަށް ހުށަހެޅުމަށްވަނީ އަންގާފައެވެ.
މަޢުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއެއް ރަޖިސްޓްރިކޮށްފައިވާ ފަރާތްތަކަށް އެކަންޔެވެ. މަޢުލޫމަތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅެނެއެވެ.