ހުވަދު އަތޮޅު ވިލިނގިލީގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ބަޔެއް މީޑިޔާތަކާއި ހަވާލާދީ ފުލުހުންގެ މީޑީޔާ އޮފިޝަލަކު ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތަށް ކުޑަކުއްޖަކާ ފިރިހެނަކު ވިލިނގިލިން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
”ހުވަދޫ“އަށް އިނގިފައިވާ ގޮތުގައި ރޭ، މިމައްސަލައިގައި ދެން ހައްޔަރު ކުރެވުނީ 18 އަހަރުގެ ފިރިހެނެކެވެ. ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެއެވެ.