ހުވަދު އަތޮޅު ވިލިނގިލީ ފުޓްސަލް ޓީމް، ހުވަދު އަތޮޅު ނިލަންދޫ ފުޓްސަލް ޓީމާއިއެކު ކުޅެ ބޮޑު ލަދަކާއެކު ތަފާތު ބޮޑު ނަތިއްޖާއަކުން ބަލިވެއްޖެ.
އިއްޔެ ހަވީރު ނިލަންދޫގައި ކުޅުނު މި މެޗް ނިލަންދޫ ކާމިޔާބުކުރީ 7-1 ގެ ނަތިއްޖާއަކުންނެވެ.
މި މެޗަކީ މިއަންނަ މަހު 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ”ވައި18 ސްޕޯޓްސް ފިއެސްޓާ“ އަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު މެޗެކެވެ.