1 މާރޗް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

2 ދޯންޏެއް ބިންދައިގެން ގޮސް، ކަނޑުހުޅުދޫ 3 ދޯނިވެސް މަހަށް ނުފުރިފަ

2 ދޯންޏެއް ބިންދައިގެން ގޮސް، ކަނޑުހުޅުދޫ 3 ދޯނިވެސް މަހަށް ނުފުރިފަ

ކަނޑުހުޅުދޫ 2 ދޯނި ބިންދައިގެން ގޮސް، އެރަށު 3 ދޯނިވެސް ވަނީ މަހަށް ނުފުރިފަ--

ހުވަދު އަތޮޅު ކަނޑުހުޅުދޫ ދޯންޏެއް މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މިއަދު ހެނދުނު ބިންދައިގެން ގޮސްފިއެވެ.

”ހުވަދޫ“ އަށް މަޢުލޫމަތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ބިންދައިގެން ދިޔައީ އެރަށު ”ފަހިރޯދި“ ދޯންޏެވެ. ބިންދައިގެން ދިޔައީ ”ފަހިރޯދި“ ދޯނީގެ ފަށަނެވެ. އެދޯނީގެ ފަށަން ބިނދިފައި ވާކަން އެނގުނީ އެންވެރިކަމަށް ނިކުމެ އުޅެނިކޮށް ގއ. އަތޮޅުގެ މެދުތެރެއިން ކަނޑުހުޅުދޫއާއި ދިމާލު ބޭރުގައި އޮއްވާ އެދޯނިގެ ޑައިވަރުންނަށެވެ.

އިއްޔެ މެންދުރުވެސް ވަނީ ކަނޑުހުޅުދޫ ދޯންޏެއް ކަމަށްވާ ”ރަންދުވެލި 105“ މަސް ދޯނި އެންވަތާ ދިމާލުން ބިންދައިގެން ގޮސްފައެވެ.

ރަންދުވެލި 105″ މަސްދޯނި އެނަވަތާއި ދިމާލުން ބިންދައިގެން ގޮސްފަ– ފޮޓޯ: ކިޔުންތެރިއެއް“

ޖެހިޖެހިގެން 2 ދުވަހު ކަނޑުހުޅުދޫ 2 ދޯންޏެއް މިވަނީ ބިންދައިގެން ގޮސްފައެވެ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ސަން އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދަޅުވީ، ހަފްތާއެއްހާ ދުވަސް ކުރިން އެރަށު އެއް ދޯނި އިންޖީނު ހަލާކުވީ ކަމަށާއި އަދި މިހާރު އެ ރަށުގައި މަސްވެރިކަންކުރަން ބޭނުންކުރާ 3 ދޯނިވެސް ހަލާކުވެފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، މަސްވެރިން ހާލުގައި ޖެހިފައިވާ ކަމަށާއި ރަށުގެ މަސްވެރިންނަށް މިވަގުތު އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މިހާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި މިހާރު ”ފަހިރޯދި“ ދޯނި ވަނީ ކަނޑުހުޅުދޫ ފަޅުތެރެއަށް ވައްދާފައެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com