ހުވަދު އަތޮޅު ވާދޫގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ގޫވަލް ފުޓްސަލް ޗެލެންޖް“ މިފަހަރު މުޅި ހުވަދު އަތޮޅަށް ހުޅުވާލައިފި އެވެ.
މިމުބާރާތަކީ 2008 ވަނަ އަހަރުން ފެށިގެން އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ވާދޫގެ ޓީމްތައް ބައިވެރިކޮށްގެން ވަރަށް ފޯރި އާއިއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް މިފަހަރު މުބާރާތް ވަނީ މުޅި ހުވަދު އަތޮޅުގެ ހުރިހާ ޓީމްތަކަށް ބައިވެރިވެވޭނެ ގޮތަށް ހުޅުވާލައިފައެވެ.
މުބާރާތް ހިންގާ ކޮމިޓީގެ އިސްކޮށް ހަރަކާތްތެރިވާ އަޙްމަދު ޝަހުމް ”ހުވަދޫ“ އަށް ވިދާޅުވީ، މިފަހަރު މުބާރާތް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކުރިއަށް ގެންދަނީ މުޅި އަތޮޅަށް ހުޅުވާލެވިގެން ކަމަށާއި، އަމާޒަކީ އަތޮޅުގެ ގިނަ ޓީމްތަކެއް ބައިވެރިކޮށްގެން ވާދަވެރި މުބާރާތެއް ހުވަދު އަތޮޅުގައި ހިންގުން ކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 35،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 10،000 ރުފިޔާ ވަނީ ހުށައަޅާފައެވެ. މިފަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 7 އިން ޑިސެމްބަރ 14 އަށް ގދ.ވާދޫ ފުޓްސަލް ދަނޑުގައި ލީގް އުސޫލުންނެވެ.
ޝަހުމް އިތުރަށް ވިދާޅުވީ މިއަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ކޮށް ފާހަގަ ކުރާނެ ކަމަށާއި އަދި ސަޕޯޓަރުންނަށް ހާއްސަ ލަކީޑްރޯ ވެސް މުބާރާތުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމު ދޫކުރުން މިހާރު ހުޅުވާލެވިފައިވާ ކަމަށާއި އިތުރު މައުލޫމާތް ހޯއްދެވުމަށް މުބާރާތް އިންތިޒާމް ކުރާ ޓީމްގެ ހޮޓްލައިން ނަމްބަރ 7733555 އަށް ގުޅުމަށް ޝަހުމް ވިދާޅުވިއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ހުވަދޫ ޑޮޓް ކޮމް އެވެ. އަދި މާކެޓީންގ ޕާޓްނަރ އަކީ އެޑްވެސްޓަރ އެވެ.
Shahum ah vrh salaam
varah ragalhu kameh. vaadhaveri mikahala mubaaraiythah beyvumaky atholhun unmeedhy zuvaan
ufan kurevyne kamehkulhuntherin