މާލެއާއި އެއް އަގެއްގައި އަތޮޅުތެރޭގެ ކަރަންޓު އަދި ފެނުގެ އަގު ސަރުކާރުން ތިރި ކުރުމާއި ގުޅިގެން ގދ.ތިނަދޫގައި އެކަން ފާހަގަކޮށް ތިނަދޫ ޕީޕީއެމް އިން ސާއިކަލު ބުރެއް ބައްވާއިފި އެވެ.
އިއްޔެ ހަވީރު ތިނަދޫ އަބޫބަކުރު ސްކޫލް ކުރިމަތިން ފެށިގެން ދިޔަ މި ސާއިކަލު ބުރުގައި ތިނަދޫ ޕީޕީއެމް މެމްބަރުންނާއި އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
ސަރުކާރުން މިދިޔަ އަންގާރަ ދުވަހު މާލެއެކޭ އެއް އަގެއްގައި އަތޮޅު ތެރޭގެ ކަރަންޓުގެ އަގު ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާއި ހަމަޔަށް އަގު ހެޔޮ ކޮށްފައެވެ.
މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އަތޮޅު ތެރޭގެ ކަރަންޓްގެ އަގު މާޗް 1 އިން ފެށިގެން އަންނާނެ ބަދަލު
– 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ދެން ނަގާނީ 1.50ރ.
– 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމަޔަށް ނަގާނީ 1.70ރ.
-201 ޔުނިޓުން 300 ޔުނިޓާ ހަމަޔަށް ނަގާނީ 2.15ރ.
301 ޔުނިޓުން 400 ޔުނިޓާ ހަމަޔަށް ނަގާނީ 2.50ރ.
އަތޮޅު ތެރޭގެ ފެނުގެ އަގު މާޗް 1 އިން ފެށިގެން އަންނާނެ ބަދަލު
– ސުން ލީޓަރުން ފެށިގެން 100 ލީޓަރާ ހަމައަށް މީގެ ކުރިން ނަގަމުން އައީ 65ރ. މީގެ ފަހުން ނަގާނީ 22ރ.
– 101 ލީޓަރުން ފެށިގެން 200 ލީޓަރާ ހަމަޔަށް ނަގަމުން އައީ 75ރ. މީގެ ފަހުން ނަގާނީ 70ރ.
– 200 ލީޓަރުން މައްޗަށް ނަގަމުން އައީ 100ރ. ދެން ނަގާނީ 95ރ.