18 އޭޕްރިލް 2021 | އާދިއްތަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލާއިގައި ބަދަލު ހޯދުމަށް ވިލާއިން ކޯޓަށް!

ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލާއިގައި ބަދަލު ހޯދުމަށް ވިލާއިން ކޯޓަށް!

ކާޑެއްދޫ އެއާޕޯޓު--

ގދ.ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏަށް ދޫކުރުމަށް ފަހު އަތުލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް ވިލާން ކޯޓަށް ދާން ނިންމައިފި އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ލަފާ ކުރާ ގޮތުން 50 އަހަރު ދުވަހަށް ބަލާއިރު އެއީ މަދުވެގެން 100 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. އަދި ވިލާ އެއާއިން މި ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީއަތަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް ބަޔާންގައި ބުނެފައި ވެއެވެ

ސަރުކާރުން ވިލާ އަށް ކާޑެއްދޫ އެއާޕޯޓު ހިންގުން ހަވާލު ކޮށްފައިވަނީ 2014 ވަނަ އަހަރު ޖެނުއަރީ މަހު 1 ވަނަ ދުވަހު 50 އަހަރު ގެ މުއްދަތަށެވެ.

ވިލާ ޝިޕިންގ ގެ ބަޔާނުގައިވާ ގޮތުން، އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ގަވާއިދާ އެއްގޮތަށް ހިންގަމުން އަންނަނިކޮށް، ސަރުކާރުން އެތަން އަތުލީ އެއްބަސްވުމާ ޚިލާފަށެވެ. އަދި އެއާޕޯޓް ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުން ދޭން އެއްބަސްވި ރަށް ވެސް ސަރުކާރުން ނުދޭ ކަމަށާއި އެއީ އެކަމުގެ ބަދަލު ވިލާއަށް ލިބެންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ދިވެހި ސަރުކާރާއި ވިލާއެއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލާފައި ވަނީ އެކުންފުނިން އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

މިދިޔަ އަހަރު މާރޗް 6 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ކާޑެއްދޫ އެއާޕޯޓު ހިންގުން ރީޖަނަލް އެއާޕޯޓްސް އާއި ހަވާލު ކޮށްފައެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com