27 ފެބްރުއަރީ 2021 | ހޮނިހިރު
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހުވަދޫ ތަމްސީލުކުރާ 3 މެމްބަރުންނާއި އެކު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފި

ހުވަދޫ ތަމްސީލުކުރާ 3 މެމްބަރުންނާއި އެކު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފި

(ކ) ސައުދުﷲ ހިލްމީ، (މ) އަބްދުﷲ މުޙައްމަދު، (ވ)ސައުދު ހުސައިން، ހުވަދޫ ގެ މި 3 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުނ ވަނީ ނިންމާފަ--

ހުވަދު އަތޮޅު ގެ 3 ދާއިރާއެއް ތަމްސީލް ކުރާ 3 މެމްބަރުންނާއި އެކު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ރޭ ނިންމައިފި އެވެ.

ރޭ ސުޕްރީމް ކޯޓުން ނެރުނު ކުއްލި ހާރާންކުރަނިވި އަމުރުގައި ބުނެފައިވާނީ، މިދިޔަ އަހަރު ޖުލައި މަހު 13 ގައި ބަންޑާރަ ނައިބު އެދިގެން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސްކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. ނަމަވެސް، އެ ހުކުމްކޮށް މިހާ ދުވަސްވީއިރު ވެސް ހުކުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިނުވާ ކަމަށެވެ. ޜެ ނެރުނު އަމުރުގައި މި ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ.

މި އަމުރާއި އެކު މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފައިވާ ހުވަދޫ ތަމްސީލް ކުރާ 3 މެމްބަރުންނާއި އެކު 12 މެމްބަރުންގެ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައިވެ. އަދި މަޖިލިހުގެ އާ ދައުރުގެ ޖަލްސާތަކުގައި އެ މެމްބަރުންނަށް ބައިވެރިވެވެން ޖެހޭނެ އަމުރުގައި ބުނެފައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް މިގެ ކުރިން ނިންމި، ހުވަދޫގެ 3 ދާއިރާގެ މެމްބަރުން:

1- ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ހިލްމީ

2- ތިނަދޫ ދެކުނު ދާއިރާ މެމްބަރ އަބްދުﷲ މުޙައްމަދު

3- ވިލިނގިލި އަދި ކޮލަމާފުށި ދާއިރާ މެމްބަރ ސައުދު ހުސައިން

2018 ވަނަ އަހަރުގެ ބަޖެޓް އަދި މުހިންމު ބައެއް ބިލްތައް ފާސް ކުރެވުނީ ހުވަދޫގެ 15،000 އެއްހާ ރައްޔިތުން ތަމްސީލް ކުރާ މި މެމަބަރުން ނުހިމަނަ އެވެ. އަދި މި މެމްބަރުން މަޖިލިސް އަށް ވަތް މައްސަލައިގައި ދައުލަތުން ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com