25 ފެބްރުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުމަށް ގޮވާލާ ތިނަދޫގައި އެއްވުމެއް ބާއްވައިފި

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުމަށް ގޮވާލާ ތިނަދޫގައި އެއްވުމެއް ބާއްވައިފި

ތިނަދޫ ގައި ބޭއްވި އެވުމަށް ފަހު ބަޔެއް ބއިވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން--

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުމަށް ގޮވާލާ ގދ.ތިނަދޫގައި އެއްވުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ތިނަދޫ އެމްޑިޕީ ހަރުގެ ކުރިމަތީގައި ބޭއްވި މި އެއްވުމުގައި ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ސިޔާސީ 9 ލީޑަރަކު މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ވަނީ ގޮވާލާއިފަ އެވެ.

މިވަގުތު ތިނަދޫގައި ހުންނަވައިގެން ”ހުވަދޫ“ އަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ އުތުރު ދާއިރާ މެމްބަރ ސައުދުﷲ ހިލްމީ ވިދާޅުވީ އެއްވުމުގައި ތިނަދޫ އެމްޑީޕީ މެމްބަރުންނާއި އިސްލާހަށް މަސައްކަތް ކުރާއްވާ ބޭފުޅުން ބައިވެރި ވަޑައިގެންނެވި ކަމަށެވެ. ތިނަދޫ ރައްޔިތުން އެދެނީ ލަސް ނުކޮށް އަވަހަށް ސަރުކާރުން އަމުރު ތަންފީޒުކުމަށް ކަމަށް ސަދުﷲ ހިލްމީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުވަދޫ ތަމްސީލް ކުރާ 3 މެމްބަރުންނާއި އެކު ގޮނޑި ގެއްްލިފައިވާކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށް ހުކުމް ގައި ވަނީ ކަނޑައަޅާފަ އެވެ.

”އެތައް ދުވަހަކަށް މަޖްލިސް ތެރެއިން ތިނަދޫގެ އަޑު އިއްވިގެން ދިޔުމަކީ ތިނަދޫ ރައްޔިތުން ނުހަނު ބޮޑަށް އުފާ ކުރާކަމެއް“ -ސައުދުﷲ ޙިލްމީ، ތިނަދޫ އުތުރު ދާއިރާ މެމްބަރ-

ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވަކި ކުރި 12 މެމްބަރުން ތެރޭގައި ތިނަދޫ 2 ދައިރާގެ މެމްބަރުންނަށް ވެސް އަލުން ރައްޔިތުންގެ މަޖްލިސްގައި ތިނަދޫ ތަމްސީލް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަށް އިޝާރާތް ކުރައްވާ ސައުދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖްލިސް ތެރެއިން އަނެއްކާވެސް ތިނަދޫގެ އަޑު އިވިގެން ދިޔުމަކީ ތިނަދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަމުރު ނެރެވިގެން ދިޔައީ ތިނަދޫ ގިނަ ރައްޔިތުން ތަކެއްގެ ތާއިދު ކުރާ ގޮތައް ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

މި އެއްވުމުގައި ކުރީގެ މަޑެވެލި ދާއިރާ މެމްބަރ މުހައްމަދުު ނާޒިމް، ގދ.އަތޮޅު ކައުންސިލް ނައިބު ރައީސް މުހައްމަދު ރިޒާން ގެ އިތުރުން އެމްޑީޕީ ތިނަދޫ މެމްބަރުންނާއި ތިނަދޫ ރަައްޔިތުން ވަނި ބައިިވެރިވެފަ އެވެ.

 

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com