28 ޖެނުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ގދ.މާވަރުލު އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި

ގދ.މާވަރުލު އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި

މާވަރުލު އެއާޕޯޓު -- ފޮޓޯ: ސަންޑޮޓްއެމްވީ/ސައީދު

ގދ. މާވަރުލު ޑޮމެސްޓިކް އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިޢުލާންގައި ބުނެފައި ވަނީ ގދ.މާވަރުލު އެއާޕޯޓުގެ މަސައްކަތްތަކުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އާއި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ދިހަ ޕަސެންޓް ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ޕްރީ ބިޑް ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު 11 ޖަހާއިރު އޮންނާނެ އަދި ޕްރޮޖެކްޓަށް ހުށަހަޅާ ބިޑް ހުޅުވުން މި މަހުގެ 15 ދުވަހު އޮންނާނެ އިޢުލާންގައި ބުނެފައިވެ އެވެ.

ދީފައިވާ މުއްދަތައް އެއާޕޯޓު ނިންމާފައިނުވާތީ ސަރުކާރުން ވަނީ މާވާރުލު އެއާޕޯޓުގެ މަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވާ މޫވިން އިންޓަނޭޝަނަލް ގެ މަސައްކަތް ހުއްޓުވައި، އެއްބަސްވުން ބާތިލް ކޮށްފަ އެވެ.

 

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com