25 ފެބްރުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

”ގއ.އަތޮޅުގެ ތަޢުލީމީ މުސްތާޤުބަލް ސިޔާސީ ބޭނުމަކަށް ހަލާކުކޮށް ނުލާ“

”ގއ.އަތޮޅުގެ ތަޢުލީމީ މުސްތާޤުބަލް ސިޔާސީ ބޭނުމަކަށް ހަލާކުކޮށް ނުލާ“

ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ-- ފޮޓޯ: ފޭސްބުކް ޕޭޖް/ގއ.އތމ

މިދިޔަ އަންގާރަ ދުވަހު ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި 19 އަހަރަށްވުރެ ގިނަ ދުވަހު ޙިދުމަތް ކޮށްފައިވާ 2 ޓީޗަރުން ވަޒީފާއިން ވަކިކުރި މައްސަލަ ގއ.ވިލިނގިލީ ކައިންސިލުން ކުއްވެރި ކޮށްފިއެވެ.

ކައުންސިލް 4 މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނު ގައި ބުނެފައިވަނީ 2 ޓީޗަރުން ވަކިކުރީ ސިވިލް ސާރވިސް ޤާނޫނާއި ޙިލާފަށް ސިޔާސީ ވަކި މަޤުސަދެއް ހާސިލް ކުރުމަށް ”ޙުދުމުޙްތާރު“ އަނިޔާވެރި ނިޔަތުގައި ކަމަށާއި އެކަން ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ.

”ސިވިލް ސާރވިސް ކޮމިޝަނުންނާއި އެޑުކޭޝަން މިނިސްޓްރީން ޤާނޫނާއި ޤަވާއިދާއި ޙިލާފަށް ކުރައްވަމުން ގެންދަވާ ނާތަހުޒީބު އަމަލުތައް މިހިނދުން މިހިނދަަށް ހުއްޓާލުމަށާއި ގއ.އަތޮޅުގެ ތަޢުލީމީ މުސްތާޤުބަލް ސިޔާސީ ބޭނުމަކަށް ހަލާކުކޮށް ނުލުމަށް ހަރުއަޑުން ގޮވާލާން“ -ވިލިނގިލީ ކައުންސިލް ބަޔާން-

އިދިކޮޅު އެމްޑިޕީގެ ފުލް މެޖޯރިޓީ އޮންނަ ކައުންސިލް ބަޔާނު ގައި އިތުރަށް ބުނެފައިވަނީ ހަފްތާއެއްހާ ދުވަސް ކުރިން ސިވިލް ސާރވިސް ކޮމިޝަން އިން 2 ޓީޗަރުންނަށް ވަޒީފައިން ވަކިނުކުރެވޭނެ ކަމުގެ ލިޔުން ފޮނުވައިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަޒީފައިން ވަކި ކުރިކަމުގެ ލިޔުން ފޮނުވާފައިވަތީ ކޮމިޝަންގެ ޒިންމަދާރުކަމާއި މެދު ސުވާލުކުރެވޭ ކަމަށެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުންނާއި އެޑުކޭޝަން މިނިސްޓްރީން ޤާނޫނާއި ޤަވާއިދާއި ޙިލާފަށް ކުރައްވަމުން ގެންދަވާ އަމަލުތައް މިހިނދުން މިހިނދަަށް ހުއްޓާލުމަށާއި ގއ.އަތޮޅުގެ ތަޢުލީމީ މުސްތާޤުބަލް ސިޔާސީ ބޭނުމަކަށް ހަލާކުކޮށް ނުލުމަށް ހަރުއަޑުން ގޮވާލާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިމަހު 13 ވަނަ ދުވަހު ސިވިލްސާވިސް ކޮމިޝަނުން ވަނީ 2 ޓީޗަރުނަށް ވަޒީފައިން ވަކިކުރޭވެނޭ ޖާގައެއް ނެތް ކަމަ ބުނެ ލިޔުމެއް ފޮނުވާފައެވެ. މި ލިޔުމުގެ ކޮޕީއެއް ހުވަދޫޑޮޓްކޮމްއަށް ވަނީ ލިބިފައެވެ. އެ ލިޔުމުގައި ބުނެފަިވަނީ 19 ޑިސެމްބަރ 2017 ގައި އެކޮމީޝަނަށް ހުށައަޅައިފައިވާ މައްސަލަ އެކޮމިޝަނުން ބެލިބެލުމުން، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 2014 އަށް ރިޢާޔަތްކޮށް އެޑިއުކޭޝަން މިނިސްޓްރީން ހުށައަޅުއްވާފައިވާ ގޮތަށް، 2 ޓިޗަރުން ވަޒީފާއިން ވަކިކުރޭވެނެ ޖާގައެއް ނެތްކަމަށެވެ. އަދި މިކަން އެޑުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ވަޒީފާއިން ވަކިކުރިކަމަށް ބުނެ 29 ނޮވެމްބަރ ގައި 2 ޓީޗަރުނަށް ފޮނުވި ލިޔުމުގައިވާ މައިގަނޑު ސަބަބުތައް:

  • ސްކޫލުން ކުރާ ކަންތައްތަކުގައި އެއްބާރުލުން ނުދިނުން
  • ސްކޫލުގެ ތެރޭގައި ސިޔާސީ ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށްފައިވޭ
  • ސްކޫލާއި މުވައްޒަފުން މެދުގައި މަސްލަހަތު ގެއްލޭގޮތައް ވާހަކަދެއްކުން
  • ސްކޫލް އަގުވެއްޓޭގޮތަށް ތަފާތު ވާހަކަތައް ސްކޫލުން ބޭރުގައި ދެއްކުން

ވަކި ކުރި 2 ޓީޗަރުންގެ ތެރޭ ހިމެނޭ އިސްލާމް ޓީޗާރ ޛުލިފީނާ އަޙްމަދަކީ ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުޙައްމަދުގެ އަންހެނުނެވެ.  އަދި ލީޑިންގ ޓީޗަރ ހިދާޔަތް އަޙްމަދަކީ ކުރީ ވިލިނގިލީ ކައުންސިލް މެމްބަރ ފަތުހީ މޫސާގެ އަންހެނުނެވެ.

 

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com