ހުވަދު އަތޮޅު އުތުރުބުރި ކޮނޑޭގެ ބައެއް ބިންތަކުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް އެރަށުގެ ކައުންސިލުން އިއުލާންކޮށްފިއެވެ.
މިގޮތުން ކޮނޑޭ ކައުންސިލުން އިއުލާންކޮށްފައިވަނީ ކޮނޑޭ ފެނަކަ ކޯޕަރޭޝަން ބްރާންޗުގެ އިމުން ދެކުނަށް ސަރަހައްދީ މަގާއި ހަމައަށް ހިމެނޭ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކާއި ކޮނޑޭ ސްކޫލްގެ އިމުން އުތުރަށް (200 ފޫޓު ދިގު، 30 ފޫޓު ފުޅާ) ގޯޅި މަގުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކެވެ.
މިބިންތަކުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ހުރިނަމަ އެކަން 2018 މާރިޗް 19 ވަނަ ދުވަހުގެ 14:00ގެ ކުރިން ކޮނޑޭ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން އަންގައިދިނުމަށް އެފަރާތުގެ އިޢުލާނުގައި އެދިފައިވެއެވެ.