25 ފެބްރުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދަނީ

ގދ ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ނަޑެއްލާ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ނަޑެއްލާ ރައްޔިތުންގެ ނަމުގައި ލިޔެދެއްވާފައިވާ ގދ. ކަޅެހިގިއްލާއިން ލިބޭ އާމްދަނީއިން ފައިސާ ދައްކާގޮތަށް ގދ. ކަޅެހިގިއްލާ ބެލެހެއްޓުން ކުރިއަށް އޮތް އެއްއަހަރު ދުވަހަށް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރާ ކަމަށާއި ކަޅެހިގިއްލާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުވާން އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުކުރުމަށް ކައުންސިލުން ނިންމާ ފަރާތަކާއި ކައުންސިލާއި ދެމެދު ވެވޭ ދެފަރާތް އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ނަޑެއްލާ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކަޅެހިގިއްލާ ބެލެހެއްޓުން ހަވާލުކުރާ ފަރާތަކުން އެރަށުން ލިބޭ އާމްދަނީއިން، މަހެއްގެ މައްޗަށް -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) އަށްވުރެ މަތިން ރައްޔިތުންގެ މާލިއްޔަތައް ފައިސާ ދައްކަންޖެހޭނެއެވެ.

ކަޅެހިގިއްލާ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަޅެހިގިއްލާ ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ސިޓީތައް ބަލައިގަތުން އޮންނާނީ 15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ސިޓީ ކެނޑުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅީ ފަރާތްތަކުގެ ހާޟިރުގައި ހަމަ އެގަޑީގައި ކަމަށް ނަޑެއްލާ ކައުންސިލުން ހާމަކުރެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި ނަޑެއްލާ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ނުވަތަ 6840007 ނަންބަރ ފޯނަށް ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com