މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރު ކަމަށް ގއ. ވިލިނގިލި، ވިލާޑިސޯސަން އަމްޖަދު ވަހީދު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ބްރޯޑްކޮމް އަށް އައްޔަން މި ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ އިން އޭނާ އަށް ރުހުން ދިނުމަށް 36 މެންބަރަކު ވޯޓު ދެއްވިއެވެ. މިޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ.
ކުރިން ދިޓީވީ އަދި ވީޓީވީގައިވެސް މަސައްކަތް ކުރެއްވި އަމްޖަދު ބްރޯޑްކޮމްއަށް އައްޔަންކޮށްފައިމިވަނީ މިހާރު އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ.