ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީސީސީގެ ސީީއީއޯ އިބްރާހިމް ޒިޔަތެވެ.
ސަރުކާރުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މާވާރުލު އެއާޕޯޓުގައި ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ޖެޓީ ހެދުމަށްވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 160 ދުވަހުން ނިންމާ ގޮތަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުވަނީ ގދ ފަރެސްމާތޮޑާގައިވެސް އެއަރޕޯޓެއް އެޅުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ހުވަދުއަތޮޅަކީ ބޮޑު އަތޮޅެއްކަމަށާއި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.