8 މާރޗް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ގދ.ގައްދޫ ކައުންސިލަރުން ސަސްޕެންޑްކޮށް، ”ރޫޅާލާނެ“ ކަމުގެ އިންޒާރު ދީފި

ގދ.ގައްދޫ ކައުންސިލަރުން ސަސްޕެންޑްކޮށް، ”ރޫޅާލާނެ“ ކަމުގެ އިންޒާރު ދީފި

ގދ.ގައްދޫ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ތެރެއިން -- ފޮޓޯ: ޓުވިޓާ

ގދ.ގައްދޫ 3 ކައުންސިލަކު ސަސްޕެންޑްކޮށް، އެކައުންސިލް ”ރޫޅާލާނެ“ ކަމުގެ އިންޒާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފި އެވެ.

ކައުންސިލް ތަކުގެ ބެލެނެވެރި ފަރާތް ކަމުގައިވާ އެލްޖީއޭއިން އިއްޔެ(19) ގައްދޫ ކައުންސިލްގެ މެމްބަރ މުހައްމަދު ލަބީބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގައްދޫ ކައުންސިލް ރައީސް ރައްޔާން ޖަމާލާއި ނައިބުރައީސް އާމިނަތު ފަރުޒީނާ އަދި ކައުންސިލަރ އާމިރު އަބްދުﷲ މިއަދުން (20) ފެށިގެން 1 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ބަޔާން ކޮށްފައި ވަނީ އެކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑްކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނު އެކައުންސިލަށް ލިބިދީފައިވާ ބާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމުގައެވެ.

އެ ސިޓީގައިި އިތުރަށް ބުނެފައިވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ގައްދޫ ކައުންސިލް ”ރޫޅާލުމަށް“ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި މިމުއްދަތުގައި ސަސްޕެންޑް ކުރި 3 ކައުންސިލަރުން މުސާރައާއި އިނާޔަތްތައް ނުލިބޭނެ ކަމަށާއި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ފިޔަވާ ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާ ކަމެއްކަމަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ގދ.އަތޮޅު ކައުންސިލާއި، ގދ.ގައްދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ގދ.ގައްދޫ ކައުންސިލް މެމްބަރު މުހައްމަދު ލަބީބު އެވެ.

 

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com