ގއ.މާމެންދޫ ފަޅު ތެރޭގައި 39 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ގއ.މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ޝިއުނާ ސޯބިރު ”ހުވަދޫ“ އަށް މައުލޫމަތު ދެމުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އެރަށު މޫންލައިޓް، 39، މުހައްމަދު ނާޝިދު އެވެ.
ނާޝިދު މަރުވެފައި އޮއްވާ ފެނުނީ އެރަށު ފަޅު ތެރޭ ނެރު ބައްތި ކައިރީގައި އޮއްވާ މިއަދު ހެނދުނު 9:40 ހާ އިރު އެވެ. ފުލުހުން މިހާރު ވަނީ ނާޝިދު ގެ ހަށިގަނޑު ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ގއ.އަތޮޅު ހޮސްޕިޓަލް މެނޭޖަރ ނަޒްލީން ނަޖީބް ވިދާޅުވީ ނާޝިދު ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށާއި މިހާރު ޑޮކްޓަރުން ބަލަންޖެހޭ ބެލުންތައް ބަލަމުން ދާ ކަމަށެވެ. \
ނާޝިދު މަރުވިއިރު 2 ކައިވެޏެއްކޮށް 2 ދަރިން ލިބިިފައި ވެއެވެ.