މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރެފައިވާތީ ގއ ދެއްވަދޫ ކައުންސިލްގެ ރައީސްއާއި ނައިބް ރައީސް ސަސްޕެންޑް ކޮށްފިއެވެ.
ލޯކަލް ގަވާމެންޓް އޮތޯރިޓީން މިއަދު ސަސްޕެންޑްކޮށްފައިވަނީ ދެއްވަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަޖުމީން އަދި ނައިބު ރައީސް އިބްރާހިމް ތައުފީގެވެ. ދެ ބޭފުޅުންވެސް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭގޮތަށް މަސްދުވަހަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރުނު މައްސަލާގައި މިހާތަނަށް 30 ކައުންސިލަރެއް ވަނީ ސަސްޕެންޑްކޮށްފައެވެ.