ކުރީގެ އެސްއޯ ކޮމާންޑަރު ގއ ގެމަނަފުށި އިރުމަތީގެ ، އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހިނގި ކަންތައްތަކަށްފަހު ފުލުހުން ވަނީ ޑީޑީ ގެމަނަފުށީ ޕޮލިސްޓޭޝަނަށް ބަދަލުކޮށްފައެވެ.
ގެމަނަފުށީގައި ހުއްޓައި ފުލުހުން ވަނީ އޭނާގެ ފޯނު ވެސް ހިފަހައްޓާފައެވެ. އަދި މިދިޔަ މާޗް މަހުގެ ހަ ވަނަ ދުވަހު ޑީޑީ މާލެގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ އޭނާގެ ބަޔާނެއް ނަގާފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އެކުލަވާލި ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ ޑީޑީއެވެ.