1 މާރޗް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހަސަން ނަޖީީބު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް!

ހަސަން ނަޖީީބު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް!

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ހަސަން ނަޖީބް މަޤާމުގެ ލިޔުމުގައި ސޮއި ކުރައްވަނި-- ފޮޓޯ ސަން

ގއ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ގއ.ވިލިނގިލީ ފުރެޝް، އަލްޢުސްތާޛު ހަސަން ނަޖީބު ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ކުރިމިނަލް ކޯޓުގެ 2 ފަނޑިޔާރުން އަދި ސިވިލް ކޯޓަގެ 2 ފަނޑިޔާރުން ވަނީ މަޤާމުގެ ހުވާ ކުރައްވައިފަ އެވެ. ހަސަން ނަޖީބް ގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ވ.ފެލިދޫ ވިނަރެސް، އިސްމާއިލް ރަޝީދެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ގދ.ފަރެސްމާތޮޑާ، މުޝްތަރީގޭ ހަފިޒާ އަބްދުއްސައްތާރާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި ހުސައިން ފާއިޒު ރަޝާދު އެވެ.

4 ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. މަގާމުގެ ފަތްކޮޅު އެ ބޭފުޅުންނަށް އެރުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލުމުން 28 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ. އެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން ނިންމީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ކޮމިޝަންގައި ނެގި ސިއްރު ވޯޓަކުންނެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com