މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހުވަދު އަތޮޅުގެ އަށް ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ހާއްސަ އިނާމު ލިބިވަޑައިގެންނެވީ ހުވަދު އަތޮޅު އުތުރުބުރީ (ގއ. އަތޮޅު) ހަތަރު ބޭފުޅަކަށާއި ހުވަދު އަތޮޅު ދެކުނުބުރީ (ގދ. އަތޮޅު) ހަތަރުބޭފުޅަކަށެވެ. ރައީސްގެ ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުވަދޫ ބޭފުޅުންގެ ބޭފުޅުންގެ ތެރޭގައި ކޯސްތަކުން އެއް ވަނަ ހޯއްދެވި ބޭފުޅުންނަކީ ބައިނަލްއަގުވާމީ ރީތި ނަން ރާއްޖެއަށް ހޯއްދެވި ބޭފުޅުންނާއި ކީރިތި ގުރުއާން ހިތުދަސް ކުރެއްވި ބޭފުޅުންނާއި ސްކައުޓެއް ވެސް ހިމެނެއެވެ.
ކޯހަކުން އެއް ވަނަ ހޯއްދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހޯއްދެވި ހުވަދޫ ދަރިން:
- ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޝިމްހާޒް ޢަލީ ސަޢީދު، މަންޒިލް ގއ. މާމެންދޫ: މެލޭޝިއާގެ ލިމްކޮކްވިން ޔުނިވާސިޓީން 2017 ވަނަ އަހަރު މާސްޓަރސް އޮފް ސައިންސް އިން ކޮންޕިއުޓަރ ނެޓްވޯކިން އިން އެއް ވަނަ ހޯއްދަވާފައިވެއެވެ.

- އަޙްމަދު ނާއިފް މުޙައްމަދު، ސޯސަންގެގދ. މަޑަވެލި: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން 2019 ވަނަ އަހަރު ބެޗްލަރ އޮފް އާޓްސްއިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަން ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއް ވަނަ ހޯއްދަވާފައިވެއެވެ.
- އަލްއުސްތާޛާ ޝީޒާ ލަޠީފް، ބިންމަތީގެ ގދ. ތިނަދޫ: ވިލާ ކޮލެޖުން 2019 ވަނަ އަހަރު ބެޗްލަރ އޮފް ޝަރިއްޔާ އެންޑް ލޯ ކޯހުން އެއް ވަނަ ހޯއްދަވާފައިވެއެވެ.

ބައިނަލްއަޤްވާމީމުބާރާތަކުން އެންމެމަތީވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ހާސިލު ކުރީ:
- އަޛުނީން ރަޝާދު އެޅެހިށިވިލާ ގއ. ވިލިނގިލި: އަޒްނީން ވަނީ ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ރަންމެޑަލް ހާސިލްކޮށްދީފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ލޯ މެޑަލް ހޯދައިދީފައެވެ.
ކީރިތި ޤުރުއާން ހިތުދަސް ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލު ކުރެއްވި ބޭފުޅުން:
- އަލްޙާފިޡާ އާސިޔަތު އާދަމް، ފެހިގެގއ. މާމެންދޫ

- އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން އަޅިފަށުވިގެ ގއ. ގެމަނަފުށި
މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރަކީ ގދ. ފިޔޯރީ،ސަންފްލާވަރ، މުހައްމަދު ތަހްސީންހަސަންއެވެ. އޭނާ ވަނީ ފިޒިކްސް މާއްދާއިން ދުނިޔެއިން އެއް ވަނަ ހާސިލުކޮށްފައެވެ. ތަހްސީން މަތީ ސާނަވީ ފުރިހަމަ ކުރީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އިންނެވެ.
ޕްރެޒިޑެންޓްސްކައުޓްބެޖްހާސިލުކުރި 5 ސްކައުޓުންގެތެރޭގައި ހިމެނޭ ހުވަދޫ ދަރިއަކީ ގދ. ގައްދޫ، ބިލަތްމާގެ، އިސްމާއިލް ޖައިޝްޖަލާލެވެ.