19 އޭޕްރިލް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

އެންމެ މަތީ ކޯޓަށް، ހުވަދޫ ދަރިއެއް

އެންމެ މަތީ ކޯޓަށް، ހުވަދޫ ދަރިއެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަން ކުރެއްވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އެންމެ ޒުވާން ފަނޑިޔާރަކަށް ގދ.މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވެވަޑައިގެންފިއެވެ. މަހާޒަށް ފަހު، ސުޕްރީމް ކޯޓުގައި އެންމެ ޒުވާން ފަނޑިޔާރަކަށް ދެން އިންނެވީ ޑރ. އަޒްމިރާލްދާ ޒާހިރެވެ. ބައިނަލް އަޤްވާމީ ފިކުރީ މުދަލާއި ބެހޭ ޤާނޫނުގެ ދާއިރާއިން ޕީ.އެޗް.ޑީ ޑިގްރީ ޙާޞިލުކުރައްވާފައިވާ އަޒްމިރާލްދާގެ އުމުރަކީ 40 އަހަރެވެ.

އުމުރުން 35 އަހަރުގެ މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އޭނާގެ ނަންފުޅަށް މަޖިލީހުން ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު

ވަޒީފާގައި އާންމު ގޮތެއްގައި ކޮށްފައިވާ މަސައްކަތްތައް

ބަންޑާރަ ނައިބުގެ އޮފީސް:

ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކޮށްފައި ވަނީ ޖިނާއީ މައްސަލަތަކާ ބެހޭ ސެކްޝަނުގައެވެ. މައިގަނޑު ގޮތެއްގައި ވަޒީފާގައި ކުރަންޖެހޭ މަސައްކަތަކީ އެ އޮފީހަށް އަންނަ ޖިނާއީ މައްސަލަތައް ހަވާލު ކުރުމުން އެ މައްސަލަތަކުގައި ދައުވާ ކުރެވޭނެކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި ދައުވާ ކުރެވޭނަމަ ކުރެވޭނެ ދައުވާ ޑްރާފްޓް ކުރުމާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރުމެވެ. މީގެ އިތުރުން މައްސަލަތަކާ ގުޅިގެން އެކި ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުމާއި ބަންޑާރަ ނައިބު ހަވާލު ކުރައްވާ އެހެނިހެން ޤާނޫނީ މަސައްކަތައް ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް:

2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީސް ގާއިމުވުމާއެކު އެ އޮފީހުގައި ޖިނާއީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްފައިވެއެވެ. އެ އޮފީހުގައި އުޅުނު ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ މަރުހަލާތަކުގެ ކޯޓުތަކުގައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކޮށްފައިވެއެވެ. އަދި އެ އޮފީހުގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޕްރޮސިކިއުޝަން ގައިޑްލައިން ޑްރާފްޓް ކުރުމާއި ޖިނާއީ މައްސަލަތަކާ ގުޅުންހުރި ޤާނޫނުތައް އެކުލަވާލުމުގައި އެހީތެރިވުންފަދަ މުހިއްމު މަސައްކަތްތައް ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ޑްރަގް ކޯޓުގައި ބަލާފައިވާ މައްސަލަތަކުގެ މައުލޫމާތު:

އިންޑިކޭޓީވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް 1293 މައްސަލާގައި އަމަރުކޮށްފައިވެއެވެ. އަދި ފުރަހަމަ ހުކުމާއި ރީހެބިލިޓެޝަނަށް 1145 މައްސަލާގައި އަމަރުކޮށްފައިވެއެވެ. ފަރުވާ ފުރިހަމަ ކުރުމުން، ފަހު ހުކުމްގެ ގޮތުގައި 487 މައްސަލާގައި ހުކުމްކޮށްފައިވެއެވެ. ފަރުވާ ފުރިހަމަ ނުކުރުމުގެ ސަބަބުން ފުރަތަމަ ހުކުމް ތަންފީޒު ކުރުމަށް 257 މައްސަލާގައި މަހާޒު އަމުރުކޮށްފައިވެއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com