28 ޖެނުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

”ވާދޫއަކީ ރާއްޖޭގެ ތައުލީމުގެ ބިންގާ، ސަރުކާރުތަކުން ރަށަށް ވަނީ އިހުމާލުވެފައި“

”ވާދޫއަކީ ރާއްޖޭގެ ތައުލީމުގެ ބިންގާ، ސަރުކާރުތަކުން ރަށަށް ވަނީ އިހުމާލުވެފައި“

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

ގދ. އަތޮޅު ވާދޫއަކީ ރާއްޖޭގެ ތައުލީމުގެ ބިންގާ ކަމަށާއި ނިމިދިޔަ ސަރުކާރުތަކުން އެ ރަށަށް އަޅާލާފައި ނުވާ ކަމަށް ވިދާޅުވެ، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަހުމަދު އިއްޔެ ވިދާޅުވީ އެއްވެސް ސަރުކާރަކުން ވާދޫއަށް ކަމެއްކޮށްދީފައި ނުވާ ކަމަށެވެ. ނިމިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުތަކުން ވާދޫއަށް އިހްމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތާމަޔާއެކު އަޅުގަނޑު ދަންނަވާލަން ޖެހެނީ ވޭތުވެދިޔަ 15 އަހަރު، ހުރިހާ ސަރުކާރަކުން ވަކި ސަރުކާރެއް ނޫން، ހުރިހާ ސަރުކާރަކުން އޮތީ ވާދުއާ ދޭތެރޭ ވަރަށް ބޮޑަށް އިހުމާލުވެފައި. ހަމައެކަނި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވާދޫއަށް ވީ ކަމަކީ އެމްޑީޕީ ސަރުކާރުގައި ވާދޫއަށް ހަދައިދެވުނު ބަނދަރު. އެ ނޫން ކަމެއް މިހާތަނަކަށް ވާދޫއަކަށް ވެފައެއް ނެތް

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

ވާދޫގައި ނަރުދަމާ އާއި ފެނުގެ ނިޒާމާއި މަގު ހެދިފައެއް ނެތް ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި، މެމްބަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި ބަޖެޓުން އެ ރަށަށް އަންނަ އަހަރު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުންމީދު ކުރާ ކަމަށެވެ.

ހާއްސަކޮށް ވާދޫއަކީ މި ދިވެހިރާއްޖޭގެ ތައުލީމީ ގޮތުން އެޅުނު ބިންގާ އެޅުނު ރަށް ކަމުގައިވާތީވެ، އެހެން ނަމަވެސް ތައުލީމީ ދާއިރާއަށް އެހާ ބޮޑު އިސްކަމެއް ވެސް ދެވިފައެއް ނެތް،

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ވާދޫގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގަން ރާވާފައި ވާތީ، އޭނާ ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ދިރާސާކޮށްގެން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި ބަޖެޓުން ރައްޔިތުންނަށް މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަދޫގައި އަންނަ އަހަރު ހިންގާ ޕްރޮޖެކްޓުތައް:

  • ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމު ކުރުން
  • މަގު ހެދުން
  • ކުނި ނައްތާލާ ނިޒާމު ގާއިމު ކުރުން
  • ވާދޫ ކައުންސިލް އޮފީސް އިމާރާތް ކުރުން
  • ވާދޫ ޖަލާލުއްދީން ސްކޫލުގައި 4 ކްލާސްރޫމް އިމާރާތްކުރުން

އަންގާރަ ދުވަހުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އަހުމަދު ވިދާޅުވީ ގދ. ގައްދޫ އާއި ވާދޫ ހިމެނޭ ގައްދޫ ދާއިރާގެ ރައްޔިތުން ބޭނުން ވަނީ އިގްތިސާދީ ގޮތުން ކުރިއަރައި ދިއުމަށް ޓޫރިޒަމަށް ދާއިރާ ހުޅުވާލުމަށް ކަމަށެވެ. އޭނާ ސަރުކާރަށް ގޮވާލެއްވީ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ހިމަނާފައި ވާބަޖެޓުގައި އެ ދާއިރާ ޕްރޮމޯޓްކޮށް ދެއްވުމަށެވެ.

ވަދޫއަކީ ރާއްޖޭގެ ތައުލީމުގެ ބިންގާ ކަމަށް މެމްމަބަރު އަހުމަދު ވިދާޅުވެފައި ވަނީ ވަދޫ ދަންނަކަލޭގެފާނު މެދުވެރިކޮށް، ގިނަ އިލްމުވެރިން ރާއްޖޭގައި އުފެދިފައިވާތީއެވެ.އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ނުވަތަ ބޮޑުތަކުރުފާނުގެ ޒަމާނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވާދޫއަށް މީހުން ޖަމާވެ، އިސްލާމީ ތައުލީމު ވާދޫ ދަންނަކަލޭގެފާނު ކައިރިން އުނގެނިފައިވެއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com