18 އޭޕްރިލް 2021 | އާދިއްތަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ޔައުގޫބުގެ ތުހުމަތުތަކެއް އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލަށް

ޔައުގޫބުގެ ތުހުމަތުތަކެއް އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލަށް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

ސަރުކާރު ހިއްސާވާ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ތުހުމަތުތަކެއް ކުރައްވައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ޔައުގޫބު ވިދާޅުވީ “ގައުމީ ކެރިއަރ” މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން މިހާރު އޮތް ހާލަތަށް ދިއުމުގެ ޒިންމާ ކުރީގެ ސަރުކާރުންނާއި މިހާރުގެ މެނޭޖުމަންޓުން ނަގަންޖެހޭނެ ކަމަށެވެ. އުސޫލުން ބޭރުން އެ ކުންފުނިން ކޮށްފައިވާ ކަންތައްތައް ބަޖެޓުގެ ބަހުސްގައި ތަފްސީލީ ގޮތެއްގައި ޔައުގޫބު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އައިލެންޑް އޭވިއޭޝަނުން ދައުލަތަށް ދައްކާފައި ނުވާ ކަމަށެވެ. އަދި އެކަން ނުކުރެވި ވަނީ ކުރީގެ ސަރުކާރުން ”ވައްކަން ކުރިލެއް ބޮޑު ކަމުން“ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޓެކްސްގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ނުދައްކައި ހުރި ފައިސާގެ ތެރޭގައި ހިމެނެނީ އަށް މިލިއަން ރުފިޔާގެ ޖީއެސްޓީ އާއި 475،000 ޑޮލަރުގެ ޓީޖީއެސްޓީ އާއި 500،000 ރުފިޔާގެ ވިތު ހޮލްޑިން ޓެކްސް  ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

މާލިއްޔަތު ކޮމެޓީގެ މެމްބަރުކަން ވެސް ކުރައްވާ ޔައުގޫބު ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ނެރުނު މެނޭޖުމަންޓް ރިޕޯޓުން ދައްކާ ގޮތުން 100 މިލިއަން ރުފިޔާ އެ ކުންފުންޏަށް ފައިދާވި ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި 30 މިލިއަން ރުފިޔާ އޯވަރވެލިއުކޮށްފައިވާ ކަމަށެވެ. އެއީ އޮޅުވާލުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، ޗާޓަޑް އެކައުންޓުކަން ކުރެއްވި ޔައުގޫބު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ވެންޑަރސްގެ ގޮތުގައި ހިމެނޭ 26 ފަރާތަކުން އައިލެންޑް އޭވިއޭޝަން ސަސްޕެންޑްކޮށްފައިވާ ކަމަށް ފާހަގަ ކުރައްވައި ޔައުގޫބު ވިދާޅުވީ އެއާބަސްއަށް 524،000 ޑޮލަރު ނުދައްކައިފިނަމަ، އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ އެއާބަސްގެ ފްލައިޓުތައް ގްރައުޑް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

 ”މި ހާލަތަށް އައިލެންޑް އޭވިއޭޝަން އައީ ކުރީގެ ސަރުކާރުންނާއި މިހާރުގެ މެނޭޖުމަންޓުން ވެސް މިކަމުގައި ޒިންމާވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،“

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކުރައްވައި ޔައުގޫބު މަޖިލީހުގައި ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ޔައުގޫބު ވިދާޅުވީ ސީޕްލެއިން ޓާމިނަލް ބަޔަކަށް ދޭން އުޅޭ ކަމަށް އަޑުއިވޭ ކަމަށާއި އެކަން އެގޮތަށްކޮށްފިނަމަ، އެއީ ރައްޔިތުންނަށް ހިޔާނާތްތެރިވުން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގާނަމަ، އެއް އަހަރު ތެރޭގައި އިންވެސްޓްމަންޓް ރިކަވާވާނެއޭ. މާނައަކީ 55 މިލިއަން ޑޮލަރު އެއް އަހަރު ތެރޭގައި ލިބޭނެއޭ. އެކަމަކު އެތަން އެހެން ބަޔަަށް ދީފިނަމަ، އަދި މީގެ ދިހަ، ބާރަ، ފަންސަވީސް އަހަރު ވިޔަސް އެ ފައިސާ ރިކަވަރ ނުވާނެ ކަމަށް. އެހެންކަމުން މިއީ ދިވެހިރައްޔިތުންނަށް، ރައްޔިތުންނަށް ލިބެން އޮތް ފައިސާ އެހެން ބަޔަކަށް އެހެން ގޮތަކަށް މީތި ޑައިވާޓް ކުރުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com