28 ޖެނުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހުވަދޫގެ އެންމެ ބޮޑު ބަޖެޓް ތިނަދޫ ކައުންސިލަށް

ހުވަދޫގެ އެންމެ ބޮޑު ބަޖެޓް ތިނަދޫ ކައުންސިލަށް

ގދ. ތިނަދޫ ކައުންސިލްގެ މެމްބަރުންނާ އެކު ރައީސާއި ނައިބު ރައީސް

ހުވަދު އަތޮޅުގެ ކައުންސިލްތަކަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބަޖެޓް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަށް ކަނޑައަޅައިފިއެވެ.

ތިނަދޫއަށް ކަނޑައަޅާފައި ވަނީ 20.5 މިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި ބަޖެޓުގައި ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް ތިނަދޫ ކައުންސިލަށް ކަނޑައަޅާފައި ވަނީ 20.5 މިލިއަން ރުފިޔާއެވެ. އާބާދީގައި 7456 މީހުން ހިމެނޭ ތިނަދޫއަށް ރައީސް ޔާމީންގެ ސަރުކާރުން ހުށަހެޅި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ 4.6 މިލިއަން ރުފިޔާއެވެ.

ދެ ވަނައަށް އެންމެ ބޮޑު ބަޖެޓް ވިލިނގިއްޔަށް

ހުވަދޫ ކައުންސިލްތަކުގެ ތެރެއިން ދެ ވަނައަަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ ގއ. ވިލިނގިއްޔަށެވެ. އާބާދީގައި 3606 މީހުން ހިމެނޭ ވިލިނގިލީ ކައުންސިލަށް ރައީސް ސޯލިހުގެ ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައި ވަނީ 11.5 މިލިއަން ރުފިޔާއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފަހު އަހަރު އެ ރަށަށް ކުރިން ކަނޑައަޅާފައި އޮތީ 4.4 މިލިއަން ރުފިޔާއެވެ.

ގއ. ވިލިނގިއްޔަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ކައުންސިލް އިދާރާގައި ނެންގެވި ގްރޫޕް ފޮޓޯ– ފޮޓޯ/ ރައީސް އޮފީސް

2020 ވަނަ އަހަރަށް ގއ. އަތޮޅުގެ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް:

  • ވިލިނގިލީ ކައުންސިލް އިދާރާ: 11.5 މިލިއަން ރުފިޔާ
  • ކޮލަމާފުށި ކައުންސިލް އިދާރާ: 6 މިލިއަން ރުފިޔާ
  • މާމެންދޫ ކައުންސިލް އިދާރާ: 6.3 މިލިއަން ރުފިޔާ
  • ނިލަންދޫ ކައުންސިލް އިދާރާ: 5.3 މިލިއަން ރުފިޔާ
  • ދާންދޫ ކައުންސިލް އިދާރާ: 6.3 މިލިއަން ރުފިޔާ
  • ދެއްވަދޫ ކައުންސިލް އިދާރާ: 4.5 މިލިއަން ރުފިޔާ
  • ކޮނޑޭ ކައުންސިލް އިދާރާ: 5.5 މިލިއަން ރުފިޔާ
  • ގެމަނަފުށީ ކައުންސިލް އިދާރާ: 7.6 މިލިއަން ރުފިޔާ
  • ކަނޑުހުޅުދޫ ކައުންސލް އިދާރާ: 5.3 މިލިއަން ރުފިޔާ
  • ގއ. އަތޮޅު ކައުންސިލް އިދާރާ: 14.2 މިލިއަން ރުފިޔާ

2020 ވަނަ އަހަރުގެ ބަޖެޓުގައި ގދ. އަތޮޅުގެ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓް:

  • ތިނަދޫ ކައުންސިލް އިދާރާ: 20.5 މިލިއަން ރުފިޔާ
  • ފަރެސްމާތޮޑާ ކައުންސިލް އިދާރާ: 7.1 މިލިއަން ރުފިޔާ
  • ފިޔޯރީ ކައުންސިލް އިދާރާ: 6.5 މިލިއަން ރުފިޔާ
  • ވާދޫ ކައުންސިލް އިދާރާ: 8.5 މިލިއަން ރުފިޔާ
  • ރަތަފަންދޫ ކައުންސިލް އިދާރާ: 5.3 މިލިއަން ރުފިޔާ
  • ގައްދޫ ކައުންސިލް އިދާރާ: 8.9 މިލިއަން ރުފިޔާ
  • ނަޑެއްލާ ކައުންސިލް އިދާރާ: 6 މިލިއަން ރުފިޔާ
  • ހޯޑެއްދޫ ކައުންސިލް އިދާރާ: 6.9 މިލިއަން ރުފިޔާ
  • މަޑަވެލި ކައުންސިލް އިދާރާ: 6.8 މިލިއަން ރުފިޔާ
  • ގދ. އަތޮޅު ކައުންސިލް އިދާރާ: 17.4 މިލިއަން ރުފިޔާ
ރައީސް ސޯލިހު ގއ. ގެމަނަފުށްޓަށް 2019 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން– ފޮޓޯ/ ރައީސް އޮފީސް

ލރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ފަހަރަށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހުވަދު އަތޮޅު އުތުރުބުރީ (ގއ. އަތޮޅު)ގެ ނުވަ ކައުންސިލަކާއި ހުވަދު އަތޮޅު ދެކުނުބުރީ (ގދ. އަތޮޅު)ގެ ނުވަ ކައުންސިލެއްގެ އިތުރުން ދެ އަތޮޅު ކައުންސިލަށް 173 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހުވަދޫގެ ރަށްތަކަށް ކަނޑައަޅާފައި އޮތީ 60 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގެ އާބާދީ 34،433 މީހުންނަށް އަރައެވެ. ހުވަދޫ އިދާރީ ގޮތުން ދެބައަކަށް ބަހާފައިވާއިރު، ގއ. އަތޮޅުގެ އާބާދީއަކީ 14،310 އެވެ. އަދި ގދ. އަތޮޅުގެ އާބާދީއަކީ 20،123 އެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com