19 އޭޕްރިލް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

އަތޮޅު ވެރިޔާއަށް ވަޒީރަކާ އެއްވަރު މުސާރައެއް ލިބެންޖެހޭ: ރައީސް ނަޝީދު

އަތޮޅު ވެރިޔާއަށް ވަޒީރަކާ އެއްވަރު މުސާރައެއް ލިބެންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި

އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގެ ނަން “އަތޮޅު ވެރިޔާ”ގެ ނަމަކަށް ބަދަލުކޮށް، އެ މަގާމަށް އިންތިހާބުވާ މީހާއަށް ވަޒީރަކާ އެއްވަރު މުސާރައެއް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން، މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑުވެގެން ދައްކާ ވާހަކައަށް ތާއިދު ނުކުރައްވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ކައުންސިލް މެމްބަރުންގެ މުސާރަ އެއްކޮށްލުމުން ”ރާއްޖޭގެ ޕޭރޯލުން“ ހޭދަ ވަނީ ވަރަށް ކުޑަކުޑަ މިންވަރެއް ކަމަށާއި އެހެންކަމުން އަތޮޅު ވެރިންނަށް ވަޒީރަކާ އެއްވަރު މުސާރައެއް ދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް ވެސް ފެންނަ ގޮތުގައި އަތޮޅު ވެރިއަކަށް ވަޒީރަކާ އެއްވަރަށް މުސާރަ ލިބެންޖެހޭނެ،” ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ވަޒީރަކަށް މުސާރައިގެ ގޮތުގައި 70،000 ވުރެ ގިނަ ރުފިޔާ ލިބެއެވެ. ރާއްޖޭގެ 20 އަތޮޅުގެ ”އަތޮޅު ވެރިންނަށް“ އެ ވަރުގެ މުސާރައެއް ދޭންޖެހިއްޖެނަމަ، މަހެއްގެ މައްޗަށް 1.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަހަރަކު 16 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ބަދަލުގައި ”އަތޮޅު ވެރިޔާ“

މަޖިލިސް ކުރާ ތަޅުމުގައި މިއަދު ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސަށް ”އަތޮޅު ވެރިޔާ“ ކިޔުމަށް ހުށަހަޅާ ކަމަށެވެ. އޭނާގެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ތާއިދު ކުރެއްވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގެ ނަން ”އަތޮޅު ވެރިޔާ“އަށް ބަދަލު ކުރުމަށް ހުށަހެޅި އަލީ ނިޔާޒު (ވ) އަދި އެކަމަށް ތާއިދު ކުރެއްވި މެމްބަރު ޣަފޫރު– ފޮޓޯ/ މަޖިލިސް

ނަމަވެސް އެ ހުށަހެޅުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަފުޅު ދެއްކެވިއެވެ. ”އަތޮޅު ވެރިޔާ“ ކިޔުމުން ވެސް ބިރު ގަންނަ ކަމަށާއި އެ ނަން ދީގެން މަގާމު ފުރުއްވި ބޭފުޅުން ކަން ކުރައްވާފައިވާ އޮތް ރަނގަޅު ނޫން ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަތޮޅު ވެރިޔާ ކިޔުމަށް ތާއިދު ނުކުރައްވައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހިމެނެއެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލު

  • ކައުންސިލްގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުން
  • ރަށު ކައުންސިލްތަކުގެ ރައީސުން ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓުން
  • ކުންފުނި އުފެއްދައި ވިޔަފާރި ކުރުމުގެ ބާރު ކައުންސިލްތަކަށް
  • ރަށު ކައުންސިލް ރައީސުން އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް
  • މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓުން
  • ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް ކައުންސިލްތަކަށް
  • ރަށުގެ ބިމު ކުލި ސީދާ ކައުންސިލަށް
  • ކައުންސިލްތަކުގެ 33 ޕަސެންޓް އެންހެނުންނަށް ހާއްސަ

ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރާނީ އަތޮޅުގެ ހުރިހާ ރަށްތަކުގެ ރައްޔިތުން ވޯޓު ދީގެންނެވެ. އަދި ރަށު ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލްގެ މެމްބަރުންނަށް  އޮޓަމެޓިކުން ހޮވޭ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި އެ އިސްލާހާ ދިރާސާ ކުރަން ހަވާލުކޮށްފައި ވަނީ މުޅި މަޖިލީހު ކޮމެޓީން ހޮއްވެވި ސަބް ކޮމެޓީއަކާއެވެ. އެ ކޮމެޓީން މިއަދު ވަނީ ކޮމެޓީ ރިޕޯޓް މުޅި މަޖިލީހުގެ ކޮމެޓީއަށް ހުށަހަޅާފައެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީގައި ސަރުކާރުން ހުށަހެޅި އިސްލާހަށް އުފެއްދުންތެރި ހިޔާލުތަކެއް މެމްބަރުން ފެންމަތި ކުރެއްވިއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com