28 ޖެނުއަރީ 2021 | ބުރާސްފަތި
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

އަޒްނީން ވިލިނގިއްޔަށް އައުމުން ހޫނު މަރުހަބާއެއް

އަޒްނީން ވިލިނގިއްޔަށް އައުމުން ހޫނު މަރުހަބާއެއް

އަޒްނީން އޭނާގެ އުފަން ރަށް، ގއ. ވިލިނގިއްޔަށް އައުމުން، ހޫނު މަރުހަބާއެއް ކިއުމަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އޭނާގެ ބައްޕަާއި މަންމަ ކައިރީގައި-- ފޮޓޯ/ މޭރީ ސްޕޯޓްސް ކްލަބް

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖެއަށް ލޯ މެޑަލް ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ވެސް ހާސިލުކުރި އަޒުނީން ރަޝާދު އޭނާގެ އުފަން ރަށް، ގއ. ވިލިނގިއްޔަށް އައުމުން، ރަށުގެ ރައްޔިތުން އަޒުނީނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އަޒްނީންގެ އުފަން ރަށް، ވިލިނގިއްޔަށް މިރޭ އޭނާ އައުމުން، ރަށުގެ ރައްޔިތުން ވަނީ ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވެ، ހޫނު މަރުހަބާއެއް ކިޔައިފައެވެ. ވިލިނގިއްޔަށް އެންމެ ފުރަތަމަ އޭނާ ފޭބުމާ އެކު ތުއްތު ކުދިންތަކެއް ވަނީ އޭނާގެ ކަރުގައި މާފަތިތައް އަޅުވާފައެވެ. ރަށުން އެންމެ ފުރަތަމަ ވެސް އަޒްނީންއަށް މަރުހަބާކީ އޭނާގެ ބައްޕައެވެ. އެއަށްފަހު ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނާއި ވިލިނގިލީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް އޭނާއާ ސަލާމްކޮށް، ހޯދި ކާމިޔާބީއަށް ހިތްވަރު ދެއްވިއެވެ.

އަޒްނީނަށް ވިލިނގިން ހޫނު މަރުހަބާއެއް ކިއުމުގެ ހަރަކާތް އިންތިޒާމުކޮށް، ކުރިއަށް ގެންދިޔައީ މޭރީ ސްޕޯޓްސް ކްލަބުން އިސްނަގައިގެންނެވެ. އޭނާއަށް މަރުހަބާ ކިއުމަށް ސަގާފީ ހަރަކާތް ކުރިއަށް ގެންދިޔައީ ބައިރޯހާ ބޮޑުބެރު ގްރޫޕުންނެވެ.

އަޒްނީންއަށް މަރުހަބާ ކިއުމަށް ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން– ފޮޓޯ/ މޭރީ ސްޕޯޓްސް ކްލަބް

އަޒުނީނަށް ވިލިނގިލިން ހޫނު މަރުހަބާއެއް ކިޔާފައި ވަނީ ދެކުނު ކޮރެއާގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނުމުންނާއި މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ރަންމެޑަލް ހޯދައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އިނާމު ހާސިލުކޮށްފައިވާތީއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com