1 މާރޗް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

އިގްތިސާދު ކޮޅަށް ޖަހައިދޭނީ ޝިޕިން އިންޑަސްޓްރީން: ސައުދު

އިގްތިސާދު ކޮޅަށް ޖަހައިދޭނީ ޝިޕިން އިންޑަސްޓްރީން: ސައުދު

ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ސައުދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ އިގްތިސާދީ ނަގާ ކޮޅަށް ޖަހައިދޭނެ ދާއިރާއަކީ ޝިޕިން އިންޑަސްޓްރީ ކަމަށް ވިދާޅުވެ، ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުން އިތުރަށް ހަރަދު ކުރުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައުދު ވިދާޅުވި ރާއްޖޭގައި ޝިޕިން އިންޑަސްޓްރީ ކުރިއަރުވައިފިނަމަ، ރާއްޖޭ މިއަދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެ، ޝިޕިން އިންޑަސްޓްރީ ދޫނުދޭނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ ހަރަދާ ގާތަށް ވެސް ޝިޕިންއަށް ރާއްޖެއިން ހަރަދު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ސައުދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި އެ ދާއިރާ ކުރިއެރުވުމަށް ބަޖެޓް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޝިޕިން އިންޑަސްޓްރީ ކުރިއެރުވުމަށް ”ދެތިން ބޯޓެއް ގަތުމަށް“ ބަޖެޓް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މިއީ އެންމެ ރަނގަޅުވަގުތޭ، މިކަން އިޔާދަ ކުރުމަށްޓަކާ މިއަހަރުގެ ބަޖެޓް ފާސްކުރާ މަރުހަލާގައި މި ގަރާރު ފާސްވެގެން ދިއުމަކީ ވެސް އިތުރަށް ވިސްނާލަންޖެހޭ ކަމެއް. ބަޖެޓް ފާސްކުރާއިރު، އިތުރަށް އަޅުގަނޑުމެން އިސްލާހުކޮށްގެން ނަމަވެސް، ދެތިން ބޯޓެއް ގަނެވޭވަރުގެ އަދަދެެއް ޖަހައިގެން، ޝިޕިން ފައްޓަންޖެހޭ

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

އެސްޓީއޯ އާއި މިފްކޯއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތައް ”އެއްފުރާޅެއް“ގެ ދަށަށް ގެނެސް މިވަގުތަށް ދައުލަތުގެ ޝިޕިން ކުންފުނި އުފެއްދިދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.އެނާ ވިދާޅުވީ ބޭރުގެ ބޯޓުފަހަރުތައް ރާއްޖެ ހުރަސްކޮށް ދަތުރުކުރަނީ ”ވަން އެންޑް ހާފް ޑިގްރީ ޗެނަލް“ ނުވަތަ ހުވަދޫ ކަނޑާއި އުތުރުގެ އެއިޓް ޑިގްރީ ޗެނަލް ނުވަތަ މަލިކު ކަނޑު ހުރަސްކޮށް ކަމަށެވެ. ރާއްޖޭގައި ޝިޕިން އިންޑަސްޓްރީ ފުޅާކޮށްފިނަމަ، ރާއްޖެއަކީ ޝިޕިންގައި އެންމެ ވަރުގަދަ މަންޒިލަށް ހެދިދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

މިއީ ދިވެހިން ބިނާކުރުމަށް އެންމެ ވަރުގަދަ ދާއިރާ. މިދާއިރާއިން ބިނާ ކުރެވޭ ކޮންމެ ރައްޔިތަކީ ދުނިޔެއަށް ނަން މަޝްހޫރުކޮށްލެވޭނެ ބޭފުޅުން. މިވަގުތު ވެސް ރާއްޖޭގެ އެތައް ސީމަނުން، ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުގައި ހަރަކާތްތެރިވަމުންދޭ، ދިވެހިން އެކަމަށްޓަކާ ފަހުރުވެރިވާންޖެހޭ

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން

އާގުބޯޓުފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް، ބޯޓް ކެޕްޓަންކަން ވެސް ކުރެއްވި ސައުދު، އެ ވާހަކަތައް ވިދާޅުވީ މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަަފުޅު ދައްކަވަމުންނެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com