ގދ. މަޑެވެލީގައި މަސް ހިފަން ފަރުމައްޗަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އިއްޔެ މެންދުރު ފަރުމައްޗަށް މަސް ހިފަން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ، އެރަށު ގަމަރީ ގޭގައި ދިރިއުޅެމުން ދިޔަ ދަފުތަރު ނަންބަރު 3476، މުހައްމަދު ސައީދު، 72،އެވެ.
އާންމުކޮށް މަސް ހިފަން ފަރުމައްޗަށް ދާ ސައީދު ފެނިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ދެކުނު ފަރާތު މޫދުން، މަސް ހިފަން ދިޔަ ސަރަހައްދުންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. ފަތިސް ނަމާދަށް ފަހު އޭނާ ވަނީ ވަޅުލައިފައެވެ.