ރާއްޖެއިން ބޭރުން އަންނަ ޔޮޓްތައް ބަނދަރުކޮށް، އެކި ބޯޓުފަހަރަށް ހިދުމަތްދެވޭނެ ވަސީލަތްތައް ގދ. ތިނަދޫގައި ގާއިމު ކުރުމަށް ބަޖެޓްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތުން ”މެރީނާ އަދި ޔޮޓިން ފެސިލިޓީސް“ ގާއިމު ކުރާ ފަސް ސަރަހައްދުގެ ތެރޭގައި ހުވަދޫގެ މައި ރަށް ކަމަށްވާ ތިނަދޫ ހިމެނެއެވެ.
އަންނަ އަހަރުގެ ޕީއެސްއައިޕީގެ ޕްރޮގްރާމްގެ ގޮތުގައި ހިމަނައިގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީންނެވެ.
- ޔޮޓް މެރީނާތައް ގާއިމު ކުރާ ސަރަހައްދުތައް:
- ހދ. ކުޅުދުއްދުށި
- ޅ. ނައިފަރު
- ލ. ގަން
- ގދ. ތިނަދޫ
- ސ. ހިތަދޫ
=އަހަރުގެ ބަޖެޓުން އެ މަޝްރޫއުއަށް ދެ މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އަދި 2021 ވަނަ އަހަރު އެ މަޝްރޫއަށް ހަރަދުވާނީ ފަސް ލައްކަ ކަމަށް ވެސް ބުނެފައިވެއެވެ.