1 މާރޗް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

މާރެހާއި ހުނަދޫވިލިގިލީގައި ރިސޯޓު ހަދަން ނިންމުމުން މަރުހަބާ ކިޔައިފި

މާރެހާއި ހުނަދޫވިލިގިލީގައި ރިސޯޓު ހަދަން ނިންމުމުން މަރުހަބާ ކިޔައިފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދާ (މ) ރައީސް ސޯލިހު ސަލާމް ކުރައްވަނީ: ރިސޮޓު ހަދަން ނިންމުމުން އަތޮޅު ކައުންސިލުން ވަނީ މަރުހަބާ ކިޔާފައި

ސަރުކާރުން އަލަށް ރިސޯޓު ހަދަން ނިންމި ރަށްތަކުގެ ލިސްޓުގައި ހުވަދު އަތޮޅު އުތުރު ބުރީ (ގއ)ގެ ދެ ރަށް ހިމެނާފައިވާތީ، ގއ. އަތޮޅު ކައުންސިލުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ސޮއި ކުރައްވައި ނެރުއްވި ނޫސްބަޔާނުގައި ބުނެފައި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އެ އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ އެ އަތޮޅުގެ އިތުރު ރަށްތައް ރިސޯޓު ހަދަން ހުޅުވާލައްވާނެ ކަމުގެ ވައުދު ކަމަށެވެ. އެގޮތުން ގއ. މާރެހާ އާއި ގއ. ހުނަދޫވިލިގިއްލި އަލަށް ރިސޯޓު ހަދާ ލިސްޓުގައި ސަރުކާރުން ހިމެނުއްވުމަކީ ރައީސްގެ ވައުދު ފުއްދެވުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށް އަތޮޅު ކައުންސިލުން ދެކޭ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ނަމުގައި ރައީސަށް މަރުހަބާ ދަންނަވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޝުކުރު އަދާކޮށްފައިވެއެވެ.

ގއ. އަތޮޅުގައި ފަސް ރިސޯޓު އޮވެއެވެ. އަލަށް ރިސޯޓު ތަރައްގީ ކުރުމަށް 19 ރަށެއް އެކި ފަރާތްތަކަށް ދޫކޮށްފައިވެއެވެ.  މުޅި ހުވަދޫގައި 8 ރިސޯޓު އޮވެއެވެ. ރިސޯޓު ތަރައްގީ ކުރުމަށް ޖުމްލަ 28 ރަށް ދޫކޮށްފައިވެއެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com