19 އޭޕްރިލް 2021 | ހޯމަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ކޮނޑޭ އިންޖީނުގޭ އިސް މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނު ކޮނޑޭ އިންޖީނުގެ މުވައްޒަފު މުހައްމަދު ހަކީމް، 45،

ގއ. ކޮނޑޭ އިންޖީނުގޭ އިސް މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އިންޖީނުގޭ އެސިސްޓެންޓް މެނޭޖަރު މަގާމު ފުރުވަމުން ގެންދެވި މުހައްމަދު އަބްދުލް ހަކީމް (45އ)، ގއ. ކޮނޑޭ/ ނައިޓްރޯސް (ކޮޕީ) ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން “ހުވަދޫ” އަށް ބުނި ގޮތުގައި އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ނިދާ ނުހޭލައިގެން ކޮޓަރި ބެލުމުންނެވެ. ފެނުނު އިރު ބޭރުފުށުން އެއްްވެސް ކަހަލަ ގެއްލުމެއް ނެތް ކަމަށެވެ.

މުހައްމަދު ކުއްލ ގޮތަކަށް ނިޔާވ މައްސަލައާ ގުޅިގެން އެ ރަށުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

މުހައްމަދަކީ ކޮނޑޭ އިންޖީނުގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މީހެކެވެ. އޭނާއަކީ ސިއްހަތު ރަނގަޅު، ހެލިފެލިވެ އުޅޭ މީހެކެވެ. ވަޒީފާއަށް އޭނާ ބަރާބަރަށް ނުކުމެއެވެ. ނަމަވެސް މިއަދު އޭނާ ވަޒީފާއަށް ނުގޮސް، ގިނައިރުވުމުން، ބެލިއިރު އޮތީ ނިޔާވެފައެވެ.

މުހައްމަދަކީ ކޮނޑޭ ކައުންސިލް ރައީސްގެ ބޭބެއެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމަދަށް ފަހުގައެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com