18 އޭޕްރިލް 2021 | އާދިއްތަ
#Huvadhoo
Advertisement
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ
#Huvadhoo

ހުވަދޫ މެމްބަރުންގެ ހާޒިރީގެ އެންމެ ކުރީގައި ޔައުގޫބު

ރައްޔިތުންގެ މަޖިލީހުގައި ހުވަދު އަތޮޅުގެ އަށް ދާއިރާ ތަމްސީލު ކުރައްވާ އަށް މެމްބަރުން-- ފޮޓޯ/ ހުވަދޫ އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ހުވަދު އަތޮޅު ތަމްސީލު ކުރައްވާ 8 މެމްބަރުންގެ ތެރެއިން، ހުރިހާ ޖަލްސާއަކަށް މިދިޔަ އަހަރު ވަޑައިގެންނެވި މެމްބަރަކަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ހާޒިރީ ރިޕޯޓުން ދައްކާ ގޮތުން، ހުވަދޫ އަތޮޅުގެ 8 ދާއިރާގެ މެމްބަރުންގެ ތެެރެއިން ޔައުގޫބު ވަނީ މިދިޔަ އަހަރު 77 ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރައްވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ. އޭނާ ވަޑައިގެންނެވީ 76 ޖަލްސާއަށެވެ.

ހުވަދޫ މެމްބަރުންގެ ހާޒިރީގެ ފުލަށް މިދިޔަ އަހަރު ގޮސްފައި ވަނީ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ. އޭނާ ވަޑައިގެންނެވީ 62 ޖަލްސާއަށެވެ. ސައުދު މަޖިލީހަށް ވަޑައިނުގަންނަވާ 15 ދުވަހުގެ ތެރެއިން، 14 ދުވަހު ހުންނެވީ ސަލާމުގައެވެ. ހާޒިރީގެ ފުލުން ދެ ވަނައަށް އޮތީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ. އޭނާ ވަޑައިގެންނެވީ 64 ޖަލްސާއަށެވެ.

ހުވަދޫ މެމްބަރުންގެ ހާޒިރީ ރިޕޯޓް

1. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ

77 ޖަލްސާއަށް ވަޑައިގެންނެވި

2. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

76 ޖަލްސާއަށް ވަޑައިގެންނެވި

3. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ

74 ޖަލްސާއަށް ވަޑައިގެންނެވި

4. ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު

73 ޖަލްސާއަށް ވަޑައިގެންނެވި

5. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު

71 ޖަލްސާއަށް ވަޑައިގެންނެވި

6. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު

65 ޖަލްސާއަށް ވަޑައިގެންނެވި

7. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

64 ޖަލްސާއަކަށް ވަޑައިގެންނެވި

8. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

62 ޖަލްސާއަކަށް ވަޑައިގެންނެވި

ހުވަދޫ މެމްބަރުންގެ ހާޒިރީ ރިޕޯޓް ހުވަދޫ އޮންލައިނުން ތައްޔާރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ބޭއްވި ދެ ދައުރުގެ ޖަލްސާތަކުގެ ހާޒިރީއަށް ބެލުމަށްފަހުގައެވެ. އެގޮތުން މެމްބަރުން ހުވާ ކުރެއްވި ދުވަސް ކަމަށްވާ، މެއި 28، 2019، އިން ފެށިގެން، ޑިސެމްބަރު 7، 2012،އާ ހަމައަށް ބޭއްވި 77 ޖަލްސާއަށް ހުވަދޫ މެމްބަރުން ހާޒިރުވި ގޮތުގެ ތަފްސީލު ހުވަދޫ އޮންލައިނުން ހޯދާފައިވާނެއެވެ.

ހުވަދޫ މެމްބަރުންގެ ހާޒިރީ ރިޕޯޓް އާންމު ކުރުމުގެ ބޭނުމަކީ ހުވަދޫ އަތޮޅަކީ އެންމެ ބޮޑު އަތޮޅަށްވެފައި، އެ އަތޮޅުގެ 34،433 ރައްޔިތުން އިންތިހާބުކޮށްފައިވާ 8 މެމްބަރުން މަޖިލީހަށް ހާޒިރުވެ، ރައްޔިތުންގެ ހައްގުގައި އަޑުއުފުލައި، ބިލު ހުށަހަޅައި، ގާނޫނުތައް އިސްލާހު ކުރުމުގައި ކުރާ މަސައްކަތުގެ ތަފްސީލު އާންމުންނަށް ގެނެސްދިނުމަށެވެ. މިއަހަރު ފެށުނު މަޖިލީހުގެ އާ ދައުރާ އެކުގައި ވެސް ހުވަދޫ މެމްބަރުންގެ ހާޒިރީ ރިޕޯޓް ގެނެސްދެމުންދާނަމެވެ.

Leave a Reply Cancel reply

Your email address will not be published.

ފަހުގެ ލިޔުންތައް

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

ތިނަދޫ ފަޅުކުމުން، ވެއްޓުނީ ކޮވިޑަށް ވުރެ ދަށް ހާލަތަކަށް: ނަޝިދު

11 ނޮވެމްބަރ 2020
ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

ނަޝީދުގެ މެސެޖު: ދެކުނުން އެއްބަސްވެވޭ ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ

11 ނޮވެމްބަރ 2020

ހުވަދު އަތޮޅަށް ކިޔާ އެންމެ މުސްކުޅި ނަމަކީ ”ސުވަދުންމަތި“

19 ޖޫން 2020
މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

މާވަރުލަށް ޓެސްޓް ފްލައިޓް ޖައިސައިފި، މިއީ ހުވަދޫގެ ތިން ވަނަ އެއާޕޯޓް

11 މާރޗް 2020
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com

  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ހުވާދޫގެ ރަށްތައް
  • އަހަންނަގެ އަޑާ

 Huvadhoo Online | © Copyright 2020
 news@huvadhoo.com