ވިޔަފާރި

ހުވަދު އަތޮޅުގެ އެއާޕޯޓުގެ އަދަދު ތިނަކަށް!

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ތިން ވަނަ އެއާޕޯޓް އެޅުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ. ހުވަދު އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް ވަނީ ތަރައްގީކޮށްފައެވެ. އެއީ ރައީސް މައުމޫންގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓާއި ރައީސް ވަހީދުގެ ސަރުކާރުގައި ހުޅުވާފައިވާ ގއ. ކުއްޑޫ އެއާޕޯޓެވެ. އިދާރީ ގޮތުން ދެ އަތޮޅަކަށް ބަހާފައިވާ މި އަތޮޅުގައި އަނެއްކާވެސް އިތުރު އެއާޕޯޓެއް އަޅަން ބަޖެޓްކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ވަނީ ހިމަނާފައެވެ. ދެހާސްއަށާރަ ވަނަ އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ހުވަދު އަތޮޅުގެ ތިން ވަނަ އެއާޕޯޓް އަޅަނީ ގދ. މާވަރުލުގައެވެ. ދަނޑުވެރިކަމަށް ބިން މޮޅު ރަށެއް ކަމަށްވާ، މާވަރުލުގައި އެއާޕޯޓް އެޅުމަށް 53.9 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ޖާހާފައެވެ. މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމުން، ގދ. އާއި ގއ.ގެ ގިނަ ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. އެ އެއާޕޯޓާ ގުޅިގެން މާލެއަށް ދަތުރުކުރުމުގައި އެންމެ ބޮޑު ފަސޭހައެއް ލިބިގެންދާނީ ގދ. ގައްދޫ އާއި ގއ. ކަނޑުހުޅުދޫ އާއި ގއ. ގެމަނަފުށީގެ ރައްޔިތުންނަށެވެ. މާވަރުލުގައި އެއާޕޯޓު އަޅަން ބަޖެޓްކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާގައި ވެސް އެއާޕޯޓު އަޅަން މިއަހަރު ބަޔަކާ ހަވާލުކޮށްފައިވަނިކޮށެވެ. ނަމަވެސް ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ސަބަބަކީ މާވަރުލުގައި އެއާޕޯޓު އެޅުމުން ދެ އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަވާނެތީއެވެ.

އިތުރަށް ވިދާޅުވޭ

ފަޅު ރަށްތައް އެންމެ ގިނައީ ހުވަދޫގައި

ރާއްޖޭގެ ޗާޓުގެ އެންމެ ފުލުގައި ފެންނަން އޮތް، ބޮޑު އަތޮޅަކީ ހުވަދު އަތޮޅެވެ. އެއީ ރާއްޖޭގެ ވެސް އެންމެ ބޮޑު އަތޮޅެވެ. ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ތާރީހީ އަތޮޅެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ އަތޮޅުގައި އެކަނި ވެސް 199 ރަށް އޮވެއެވެ. މީހުން ދިރިއުޅޭ 18 ރަށެވެ. ރަޅު ރަށްތަކުގެ އަދަދު 181 އެވެ. މީގެ ބައި ގަރުނެއްހާ ކުރިން ފެށިގެން އިދާރީ ގޮތުން ހުވަދު އަތޮޅު ވަނީ ދެ ބައަކަށް ބަހާލާފަ އެވެ. އެހީ ހުވަދު އަތޮޅު އުތުރުބުރި (ގއ) އާއި ހުވަދު އަތޮޅު ދެކުނުބުރި (ގދ) އެވެ. ގއ. އަތޮޅުގައި 74...

އިތުރަށް ވިދާޅުވޭ

ފަހުގެ ލިޔުންތައް