ޚަބަރު

ހުވަދު އަތޮޅުގެ އެއާޕޯޓުގެ އަދަދު ތިނަކަށް!

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ތިން ވަނަ އެއާޕޯޓް އެޅުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ. ހުވަދު އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް ވަނީ ތަރައްގީކޮށްފައެވެ. އެއީ ރައީސް މައުމޫންގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓާއި ރައީސް ވަހީދުގެ ސަރުކާރުގައި ހުޅުވާފައިވާ ގއ. ކުއްޑޫ އެއާޕޯޓެވެ. އިދާރީ ގޮތުން ދެ އަތޮޅަކަށް ބަހާފައިވާ މި އަތޮޅުގައި އަނެއްކާވެސް އިތުރު އެއާޕޯޓެއް އަޅަން ބަޖެޓްކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ވަނީ ހިމަނާފައެވެ. ދެހާސްއަށާރަ ވަނަ އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ހުވަދު އަތޮޅުގެ ތިން ވަނަ އެއާޕޯޓް އަޅަނީ ގދ. މާވަރުލުގައެވެ. ދަނޑުވެރިކަމަށް ބިން މޮޅު ރަށެއް ކަމަށްވާ، މާވަރުލުގައި އެއާޕޯޓް އެޅުމަށް 53.9 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ޖާހާފައެވެ. މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމުން، ގދ. އާއި ގއ.ގެ ގިނަ ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. އެ އެއާޕޯޓާ ގުޅިގެން މާލެއަށް ދަތުރުކުރުމުގައި އެންމެ ބޮޑު ފަސޭހައެއް ލިބިގެންދާނީ ގދ. ގައްދޫ އާއި ގއ. ކަނޑުހުޅުދޫ އާއި ގއ. ގެމަނަފުށީގެ ރައްޔިތުންނަށެވެ. މާވަރުލުގައި އެއާޕޯޓު އަޅަން ބަޖެޓްކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާގައި ވެސް އެއާޕޯޓު އަޅަން މިއަހަރު ބަޔަކާ ހަވާލުކޮށްފައިވަނިކޮށެވެ. ނަމަވެސް ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ސަބަބަކީ މާވަރުލުގައި އެއާޕޯޓު އެޅުމުން ދެ އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަވާނެތީއެވެ.

އިތުރަށް ވިދާޅުވޭ

ހުވަދު އަތޮޅު: ދިރުންތައް ގިނަ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު

ބްރިޓިޝް އެޑްމިރަލްޓީ ޗާޓުގައި ބުނާ ގޮތުންނަމަ، “ވަން އެންޑް ހާފް ޑިގްރީ ޗެނަލް” ހުރަސްކޮށް، ވަދެވޭނީ ހުވަދު އަތޮޅަށެވެ. އީކުއޭޓަރުގެ އުތުރުން ދޮޅު ޑިގްރީގައި އޮންނަ ހުވަދު...

އިތުރަށް ވިދާޅުވޭ

ކޮނޑޭ: އަތޮޅުގެ އެންމެ ބޮޑު ރަށް، އެކަމަކު އެންމެ މީހުން މަދު ރަށް!

ގއ. އަތޮޅުގެ އެންމެ ބިން ބޮޑު، ޖާގަ ތަނަވަސް ރަށަކީ ކޮނޑޭއެވެ. އެ ރަށުގެ ބިމުގެ ބޮޑު މިނަކީ 116 ހެކްޓަރެވެ. ނިސްބަތުން ބަލާނަމަ އެއީ ގައުމީ ފުޓްބޯޅަ ދަނޑުގެ 105 ސްޓޭޑިއަމް އެޅޭ ޖާގައިގެ ބިމެކެވެ. ބިމާއި އާބާދީގެ މައުލޫމާތު: ކޮނޑޭގެ ބިމުގެ ޖާގަ 116 ހެކްޓަރު، އާބާދީ 507 ވިލިނގިލި ބިމުގެ ޖާގަ 57، އާބާދީ 3،254...

އިތުރަށް ވިދާޅުވޭ
ޞަފްހާ 20 ގެ 20 1 19 20

ފަހުގެ ލިޔުންތައް