ރިޕޯޓް

ރާއްޖޭގެ އެންމެ ބިން ބޮޑު ފަސް ރަށް

ސްރީލަންކާއަށް ވުރެ ރާއްޖެ ބޮޑެވެ. ބަންގްލަދޭޝްއަށް ވުރެ ވެސް ރާއްޖެ ބޮޑެވެ. އަދި ބޫޓާނާއި ނޭޕާލަށް ވުރެ ވެސް ރާއްޖެ ބޮޑެވެ. ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑުގެ ބޮޑު މިނަށް ބަލާއިރު، ރާއްޖެ މާ ބޮޑެވެ. އެ ގައުމުތަކާ އަޅާ ކިޔާލެވޭ ވަރަށް ވުރެ ބޮޑެވެ. އެކަމަކު ރާއްޖޭގައި ހިކިފަސްތަންތަން އެ ގައުމުތަކަށް ވުރެ މަދެވެ. އެތައް ހާސް ގުނައެއް މަދެވެ. ބާރަ ހެކްޓަރު ހަމަނުވާ މާލޭގައި ފިތިބާރުވެގެން ދިރިއުޅުޅެންޖެހިފައިވާއިރު، ރާއްޖޭގައި ބިން އޮތް ރަށްތަކެއް އެބަހުއްޓެވެ. އުތުރާއި ދެކުނުން ހޮވާލެވޭ އެ ރަށްތަކުގެ އަދަދު ފަހަކުން ގުނާލާނަމެވެ....

އިތުރަށް ވިދާޅުވޭ

ކޮނޑޭ: އަތޮޅުގެ އެންމެ ބޮޑު ރަށް، އެކަމަކު އެންމެ މީހުން މަދު ރަށް!

ގއ. އަތޮޅުގެ އެންމެ ބިން ބޮޑު، ޖާގަ ތަނަވަސް ރަށަކީ ކޮނޑޭއެވެ. އެ ރަށުގެ ބިމުގެ ބޮޑު މިނަކީ 116 ހެކްޓަރެވެ. ނިސްބަތުން ބަލާނަމަ އެއީ ގައުމީ ފުޓްބޯޅަ ދަނޑުގެ 105 ސްޓޭޑިއަމް އެޅޭ ޖާގައިގެ ބިމެކެވެ. ބިމާއި އާބާދީގެ މައުލޫމާތު: ކޮނޑޭގެ ބިމުގެ ޖާގަ 116 ހެކްޓަރު، އާބާދީ 507 ވިލިނގިލި ބިމުގެ ޖާގަ 57، އާބާދީ 3،254...

އިތުރަށް ވިދާޅުވޭ

ފަޅު ރަށްތައް އެންމެ ގިނައީ ހުވަދޫގައި

ރާއްޖޭގެ ޗާޓުގެ އެންމެ ފުލުގައި ފެންނަން އޮތް، ބޮޑު އަތޮޅަކީ ހުވަދު އަތޮޅެވެ. އެއީ ރާއްޖޭގެ ވެސް އެންމެ ބޮޑު އަތޮޅެވެ. ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ތާރީހީ އަތޮޅެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ އަތޮޅުގައި އެކަނި ވެސް 199 ރަށް އޮވެއެވެ. މީހުން ދިރިއުޅޭ 18 ރަށެވެ. ރަޅު ރަށްތަކުގެ އަދަދު 181 އެވެ. މީގެ ބައި ގަރުނެއްހާ ކުރިން ފެށިގެން އިދާރީ ގޮތުން ހުވަދު އަތޮޅު ވަނީ ދެ ބައަކަށް ބަހާލާފަ އެވެ. އެހީ ހުވަދު އަތޮޅު އުތުރުބުރި (ގއ) އާއި ހުވަދު އަތޮޅު ދެކުނުބުރި (ގދ) އެވެ. ގއ. އަތޮޅުގައި 74...

އިތުރަށް ވިދާޅުވޭ

ފަހުގެ ލިޔުންތައް